އުދަ އަރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
ވީ ކިހިނެއް؟ - މެޓް އޮފީހުން މިއަދު މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގައި ހއ. އިން ފެށިގެން އައްޑުއަށް މި ސަމާލު ނެރެފައި ވަނީ މެންދުރު 2 އިން ހަވީރު 5:30 އަށެވެ.
ބުނީ ކީކޭ؟ - މެޓް އޮފީހުން ބުނީ، މި ވަގުތުތަކުގައި ހުރިހާ ރަށްތަކަށް ވެސް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މެޓް އޮފީހުން އިއްޔެ ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މާލެ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވެ އެވެ.
އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ