ހަތަރު ރަށެއްގެ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅާނެ ބަޔަކު ހޯދަނީ ހަތަރު ރަށެއްގެ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅާނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސުން ކުރި އިއުލާނުގައި ބުނީ، ބިޑުތަކަށް ހުޅުވާލީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ބޭނުންވެގެން ކަމަށެވެ.
އިސްލާމީ މަރުކަޒުތައް އަޅަނީ ށ. ފުނަދު އާއި ހއ. އިހަވަންދު އާއި ޅ. ނައިފަރުގެ އިތުރުން ގއ. ވިލިނގިލީގަ އެވެ. މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 102،000ރ. އާއި 126،000ރ. އާ ދެމެދުގެ އަގެކެވެ.
މިސްކިތް އަޅަނީ ރ. މީދު، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާގަ އެވެ. މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 40،000ރ. އާއި 102،000ރ. އާ ދެމެދުގެ އަގެކެވެ.
މިކަމަށް ޝައުގުވެރިކަން ހުރި ނަމަ ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ގެ މެންދުރު 2:00 ގެ ކުރިންނެވެ.
ފިނޭންސުގެ އިއުލާނުން މި މަޝްރޫއަށް ހަރަދު ކުރަނީ ކޮން ފައިސާއަކުން ކަމެއް ނޭނގެ އެވެ. އަދި ސަރުކާރުން ބަޖެޓު ތަފުސީލުތައް އިއުލާނު ނުކުރާތީ މި މަޝްރޫއުތަކަށް ހަރަދުވާ ވަރެއް އަދި ފައިސާ ހޯދާ ގޮތެއް ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ