ލެގަސީ ފިޓްނަސްއާއި އޭޝިއާ ބައްރުގެ އެންމެ ބޮޑު އެއް އެކެޑަމީ ކަމަށްވާ އެފްއީއޭ އެކެޑަމީ ގުޅިގެން ފިޓްނަސް ދާއިރާގެ އާ ކޯސްތަކެއް އާންމުންނަށް ހުޅުވާލައިފިއެވެ.
މި ގޮތުން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި އެކްސަސައިޒް ނިއުޓްރިޝަން ކޯހާއި، ކެލިސްތެނިކްސް ކޯހާއި އަދި ސައިކަލް އިންފޯމްޑް ކޯޗިންގ ކޯސް ހިމެނެއެވެ. އެކްސަސައިޒް ނިއުޓްރިޝަން ކޯހަކީ ތިން ދުވަހުގެ މުއްދަތަށް އޮގަސްޓް 12 އިން 15 އަށް ކުރިއަށްދާނެ ކޯހެކެވެ. މި ކޯހުގައި ކަސްރަތާއި ގުޅޭގޮތުން ކެއުން ބަހައްޓަންވީ ގޮތާއި އެކި އުކުޅުތައް ދަސްކޮށްދޭނެއެވެ.
ކެލިސްތެނިކްސް ކޯހަކީ މިހާރު ފިޓްނަސް ދާއިރާގައި މަޤްބޫލުކަން ހޯދަމުންދާ، އަމިއްލަ ހަށިގަނޑުގެ ބަރުދަން ބޭނުންކޮށްގެން ކުރާ ކަސްރަތުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯސް އޮންނާނީ އޮކްޓޯބަރު 23 އާއި 24 ގައެވެ. އަދި ސައިކަލް އިންފޯމްޑް ކޯޗިންގ ކޯހަކީ އަންހެން ކުދިންގެ ޕީރިއަޑް ދުވަސްވަރު ކަސްރަތު ބަހައްޓަންވީ ގޮތާއި، ހޯމޯން ބަދަލުވުމާއެކު ޕްރޮގްރާމްތައް ބައްޓަންކުރާނެ ގޮތް ދަސްކޮށްދޭ ކޯހެކެވެ.
“މިއީ ވަރަށް ގިނަ ޓްރެއިނަރުންނަށް ބޭނުންތެރި ކޯހަކަށް ވާނެ،” ލެގަސީ އަދި އެފްއީއޭ ރާއްޖޭ އެކެޑަމީގެ ޕާޓްނަރ ރިޔާސް ވިދާޅުވިއެވެ. މި ކޯސް އޮންނާނީ އޮކްޓޯބަރު 25 އާއި 26 ގައެވެ. ދެ ކޯސް އެކީ ނަގާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އެފަރާތުން ހާމަކުރިއެވެ.
ފިޓްނަސް ދާއިރާއަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ޝައުޤުވެރިކަން އިތުރުވަމުންދާ ދާއިރާއަކަށް ވެފައި، މި ވޯކްޝޮޕްތަކަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ ރަން ފުރުސަތެއް ކަމަށް ލެގަސީ ފިޓްނަސްއިން ފާހަގަކުރެއެވެ.
މި ކޯސްތަކުގެ ސްލޮޓްތައް ލިމިޓެޑް ކަމަށްވުމާއެކު، ޝައުޤުވެރިވާ ފަރާތްތަކަށް 9981300 ނުވަތަ 9431300 އަށް ގުޅައިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ލެގަސީއިން އެދެއެވެ.
ލެގަސީ އަންހެން ޖިމް އިން ކަނބަލުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި ލެގަސީ އިން ހައިޕަރބްލޭޑް ކޯހަކާއި އަދި ކަޕިންގް ކޯހަކަށް ފުރުސަތު ހުޅުވާލައިފި ލެގަސީ ގައި އަންހެނުންނަށް ޚާއްޞަ ޖިމެއް ހުޅުވަނީ! ލެގަސީ ފިޓްނަސް އިން އިތުރު 2 ކޯހަކަށް ފުރުސަތު ހުޅުވާލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ