މަސްތުވާތަކެތީގެެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ލައްކައަކާ އެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރު ޒުވާނަކު މާލޭން ހައްޔަރު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރު ކުރީ ހާރޫން ޖައިލަމް، 23، ކަފިދޫޫގެ/ޅ. ހިންނަވަރު ކަމަށެވެ.
ތަފްސީލް - މި އޮޕަރޭޝަނުގައި ދެ ސައިކަލާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޗެކު ކުރި ދެ ސައިކަލު ވަނީ ޓޯކޮށްފައި
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޖައިލަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ