ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ލައްކައަކަށް ވުރެ ގިނަ ރުފިޔާއާ އެކު ޒުވާނެއް ހައްޔަރުކޮށްފި

ލައްކައަކަށް ވުރެ ގިނަ ރުފިޔާއާއި މަސްތުވާތަކެއްޗާ އެކު ޒުވާން ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެތިން މުއާމަލާތުކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 23 އަހަރުގެ ހާރޫން ޖައިލަމް / ކަފިދޫގެ، ޅ. ހިންނަވަރު ކަމަށެވެ. މި އޮޕަރޭޝަނުގައި އެޕާޓްމަންޓަކާއި ދެ ސައިކަލެއް ބަލައި ފާސްކުރިއިރު، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ބަލައި ފާސްކުރި ދެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ކޯޓާ ހަވާލާދީ ފުލުހުން ބުނީ، ހާރޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ