ބ. ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް ރިސޯޓުގެ އޮޕަރޭޓިން ލައިސަންސާ ހިލާފުވެފައިވާތީ އެ ރިސޯޓަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ރިސޯޓުން ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.
ތަފްސީލް - މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑުތައް ވެސް އެ ރިސޯޓުން ހިފަހައްޓާފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ
ކިހާ މޯލްޑިވްސް ހިންގާ އަތަމާ މެރިން އިންޓަނޭޝަނަލް އަށް ރިސޯޓު ހިންގުމުގެ ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކެއްގެ ދަށުން ކަމަށް
އެ ހުއްދަ އިތުރުކޮށްދީފައިވަނީ 27 ސެޕްޓެމްބަރު 2024 އާ ހަމައަށް
އެ ކުންފުނިން ގާނޫނާ ހިލާފުވެފައިވާތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެތަނުގައި ގާނޫނާ ހިލާފަށް ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީން ވަނީ ކިހާ މޯލްޑިވްސް އަށް ކޮށްފައިވާ އަދި އަލަށް ކުރާ ބުކިންތަކުގެ ބަދަލަށް އެހެން ގޮތްތަކެއް ހޯދުމަށް އެދިފަ އެވެ.
ހުއްދަ ނެތި ހިންގާ ކިހާ ރިސޯޓަށް މިނިސްޓްރީން ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ