މީޑިއާ ބިލަކީ ކޮރަޕްޝަނާއި ފަސާދައިގަ މަތިޖަހަން ފާސްކުރާ ހީލަތްތެރި ބިލެއް: ޝާހިދު މީޑިއާ ބިލަކީ ކޮރަޕްޝަނާއި ފަސާދައިގަ މަތިޖަހަން ފާސްކުރާ ހީލަތްތެރި ބިލެއް: ޝާހިދު

ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ ތާއިދާއެކު މަޖިލީހަށް ބަލައިގެނެ ކޮމިޓީ މަރުހަލާގައި އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލައަކީ މިނިވަން މީޑިއާ އަށް މި ސަރުކާރުން އަތްބާނައި، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ކުރިޔަށް ގެންދާ ހީލަތްތެރި ބިލެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލަކީ ސަރުކާރުން މިނިވަން ނޫސްވެރިކަން ކޮންޓްރޯލްކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި ބިލެއް ކަމަށާއި އެ ބިލަކީ އިސްލާހު ކުރުމަށް ވުރެ މާ ގިނަ ގޯސްތައް ހުރި ބިލެއް ކަމަށް ބުނެ، ބިލް އަނބުރާ ގެންދިޔުމަށް ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.
ނަމަވެސް ނޫސްވެރިންގެ ހުށަހެޅުން ބަލައި ނުގަނެ ބިލް މަޖިލީހުގައި ކުރިއަށް ގެންދާން ނިންމުމުން، ކުރިން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން. މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގެ މުޅި މަހުފޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
"މަޖިލީހުން މި ބިލް މިހާރުން މިހާރަށް ބޭރު ކުރުމަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް ބީރު ކަންފަތެއް ދީ އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.
އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.
އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.
އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ