އިންޑިޔާ-ޕާކިސްތާނު ހަމަނުޖެހުމަށްފަހު އެޤައުމުގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ޑްރޯން ފްލީޓްތަކުގެ އަދަދު އިތުރުކުރަން ނިންމައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ، އެޤައުމުގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް 234 މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ޑްރޯން އުފެއްދުމަށް ނިންމާފައިވައިރު، މިއީ އިންޑިއާގެ ސިޔާދަތީ ބާރު ހިނގާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިގެންދާނޭ މުހިއްމު ފިޔަވަޅެއްކަށް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އިންޑިއާއިން މިދިޔަ މެއިމަހު ޕާކިސްތާނަށް ދިން ވައިގެ ހަމަލާތަކުގައި ޑްރޯން ވަނީ ބޭނުންކޮށްފައެވެ. އިންޑިއާގެ އަސްކަރިއްޔާއިން މި ޕްރޮގްރާމް ކުރިއަށްގެންދާނީ ތިން އަހަރުދުވަހަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމުގެދަށުން ޑްރޯން އުފެއްދުމާއި، އެތެރޭގެ ބައިތަކާއި، ސޮފްޓްވެއަރ އާއި، ކައުންޓަރ ޑްރޯން ސިސްޓަމްތަކުގެ ޚިދުމަތްތައް ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިންޑިއާއިން ޑްރޯން އެތެރެކުރުން މަނާކުރަން ނިންމާފައިވީ ނަމަވެސް އޭގެ އެތެރޭގެ ބައިތައް އެތެރެކުރުން މަނާ ނުކުރާ ކަމަށް އިންޑިޔާއިން ބުނެއެވެ. އެހެންނަމަވެސް އިންޑިޔާއިން ޑްރޯންއަށް ބޭނުންވާ އެތެރޭގެ ބައިތައް ހޯދާ އުފެއްދުންތެރިންނަށް އިތުރު އިނާޔަތްތަކެއް ދޭން އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ. އިންޑިއާގެ މީޑިޔާތަކުން ބުނާ ގޮތުގައި އެޤައުމުގެ ސަރުކާރުން ގޮތަށް ނިންމާފައިވާ އެއްސަބަބަކީ ޑްރޯން އެތެރެކުރުން މަދުކޮށް އެޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ޑްރޯން ފްލީޓްތައް އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ