އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި 5 ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، މިއަދުގެ އަސްރު ނަމާދު ވަގުތުން ފެށިގެން އެެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.ދިވެހިންގެ ތާރީހާއި ސަގަފަތާއި ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ވީއައިއޭގެ އާ ޓާމިނަލުގެ ހިދުމަތް އެންމެ ފުރަތަމަ ދިނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 ގައި އިންޑިއާގެ ކޮޗިން އިން މާލެއަށް މިއަދު މެންދުރުފަހު އައި ފަސިންޖަރުންނަށެވެ.ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވި އާ ޓާމިނަލްގެ ބޭރުން ފެންނަންހުރި ފާރުތައް ފަރުމާކޮށްފައިވަނީ ގަދީމީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ގޮތަށް ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. މީގެ އިތުރުން ޓާމިނަލްގެ ބޭރުން ބަލާއިރު ސިފަ ވަނީ ކަނޑުން ނަގާ ރާޅުތަކެވެ. އެއާޕޯޓުގެ އެތެރެ ވެސް ފަރުމާކޮށްފައި ވަނީ، ދިވެހި ވަންތަކަށް ދައްކުވައިދޭ ގޮތަކަށެވެ. އެއާޕޯޓުގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައި ހުރީ ނޫކުލައާއި ހުދުކުލައެވެ. މި ޓާމިނަލް ރަސްމީކޮށް ހުޅުވާފައި މި ވަނީ މަސައްކަތް ފެށިތާ 9 އަހަރު ފަހުންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު އެވެ.ވީއައިއޭގެ އާ ޓާމިނަލްސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައިއެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރުފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ