އާ ޓާމިނަލް ހުޅުވަން އެތައް މިލިއަން ހަރަދުކޮށްގެން 19 ތަނުން ހަވާ އެރުވީ ދުނިޔޭގެ ރެކޯޑެއް ހަދަން އާ ޓާމިނަލް ހުޅުވަން އެތައް މިލިއަން ހަރަދުކޮށްގެން 19 ތަނުން ހަވާ އެރުވީ ދުނިޔޭގެ ރެކޯޑެއް ހަދަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި މުޅި ގްރޭޓާ މާލެ ސަރަހައްދު ވަށައިގެން 19 ތަނަކުން ހަވާ އެރުވީ ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ކަން ހާމަވެއްޖެ އެވެ.
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ މީގެ ނުވަ އަހަރާއި އެއް މަހާއި 26 ދުވަސް ކުރިން، މެއި 22، 2016 ގަ އެވެ. ޖުމުލަ ތިން ސަރުކާރެއްގެ ނުވަ އަހަރުގެ މަސައްކަތް ހިމެނޭ މި މަޝްރޫއުއަށް 438 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ.
ޓާމިނަލް ހުޅުވި ވަގުތު އެއާޕޯޓުގެ ތިން ސަރަހައްދަކާއި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުން ހަވާ އެރުވި އެވެ.
ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނިސްއިން ވަނީ މިއީ އެއް ވަގުތެއްގައި އެންމެ ގިނަ ސަަރަހައްދުން ކޮރެއޯގްރާފް ކޮށްގެން ހަވާ އެރުވި ކަމުގެ ރެކޯޑު އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ. އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ޗެއާމަން އައިޝާ ނުރައިން ޖަނާހު އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑުކޮށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ ފަހަރެވެ. މީގެ ކުރިން އެންމެ ބޮޑުކޮށް ހަވާ އެރުވީ 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުމުގެ މުނާސަބަތުގަ އެވެ. އެ ފަހަރު މުޅި ބްރިޖުގެ އެކި ސަރަހައްދުތަކުން ހަވާ އެރުވި އެވެ.
އެ ކަމަށް ކުރި ހަރަދު އަދި މިހާތަނަށް ސަރުކާރުން ވެސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން އަދަދު އާ ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 90 މިލިއަނާއި 100 މިލިއަން ރުފިޔާ އާ ދެމެދުގެ ހަރަދެއް ކުރާނެ ކަމަށް ބެލެވެ އެވެ.
އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އަހަރެއްގެ ތެރޭ އެ ތަނުން ހިދުމަތް ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ