ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުްނނެވި އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކަން ހާމަކުރީ ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ންނެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ތަފްސީލް - ފިފްޝީން އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ 22 ޖެނުއަރީގަ އެވެ.
އޭގެ ކުރިން އެ މަގާމުގައި ހުންނެވީ ކުރީ ސަރުކާރުގައި ވެސް އެ މަގާމު އަދާކުރެއްވި އަހުމަދު ޒީނާދެވެ. މި ސަރުކާރުން ވަނީ ޒީނާދު އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފަ އެވެ.
ފިފްޝީން ވަނީ:
20 އަހަރަށް ވުރެ ގިނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މަސައްކަތް ކުރައްވާފައި
އެ ބޭންކުގެ ހެޑް އޮފް ޗެނަލް މެނޭޖުމެންޓުގެ މަގާމު އަދާކުރައްވާފައިވޭ
އެނގުން މުހިންމު - އެސްޑީއެފްސީން ކުރިން ދިން ބައެއް ލޯނުތައް މެދުކަނޑާލާފައި އޮތުމަށް ފަހު، މިހާރު އަންނަނީ އޭގެ ތެރެއިން ބައެއް ލޯނުތައް ދިނުމަށް ތައްޔާރުވަމުންނެވެ.
އެސްޑީއެފްސީގެ އެމްޑީ ފިފްޝީން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ