ރޯސްވުޑް ރިސޯޓުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް

އެސްތިމާރު ހޯލްޑިންގް އިން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ރޯސްވުޑް ރިސްޓް ހުޅުވަން ތައްޔާރު ވަމުން ދަނީ މި އަހަރުގެ ފުރަތަމަ ކްއާޓަރުގަ އެވެ.
މާލެ އަތޮޅުގައި އަލަށް ހުޅުވަން ތައްޔާރު ވަމުން ގެންދާ އަލްޓްރާ ލަގްޒަރީ ރިސޯޓް ރޯސްވުޑްގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގައިިފި އެވެ. 
އެ ރިސޯޓުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވަޑައިގަތެވެ. މި ރަސްމިއްޔާތުގައި މި ރިސޯޓް ތަރައްގީ ކުރަމުން ގެންދާ މެދުއިރުމަތީގެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެފައިވެ އެވެ. މި ރިސޯޓު ބްރޭންޑްކޮށް މެނޭޖު ކުރާނީ އަލްޓްރާ ލަގްޒަރީ ގްލޯބަލް ހޮސްޕިޓަލިޓީ ބްރޭންޑް ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެސްތިމާރު ހޯލްޑިންގް އިން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ރޯސްވުޑް ރިސްޓް ހުޅުވަން ތައްޔާރު ވަމުން ދަނީ މި އަހަރުގެ ފުރަތަމަ ކްއާޓަރުގަ އެވެ. މި ރިސޯޓުގައި އެންމެ މަތީ ފަންތީގެ 120 ބީޗް އޯވަވޯޓާ ވިލާ އާއި އެއް ކޮޓަރީގެ ވިލާ އަދި ފަސް ކޮޓަރީގެ ވިލާތައް ހުންނާނެ އެވެ. މި ހުރިހާ ވިލާތަކެއްގައި ވެސް އަމިއްލަ ޕޫލް ހުންނާނެ އެވެ. އެހެންވެ މި ތަނަށް އަންނަ މީހަކަށް އަމިއްލަ ގޭގެ އިހުސާސް ކުރެވޭނެ އެވެ. 
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޯކް ގަހެއް އިންދަން ވަނީ ސްރީލަންކާ ސަރުކާރުން ގަސް ހަދިޔާކޮށްފަ އެވެ. 
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްއަކީ ރާއްޖެ ފެހި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ބައެކެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ ރަަށްތަކެއްގައި ވަނީ ގަސް އިންދާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ