ތިލަ އުތުރު ވޮލީބޯޅަ މުބާރާތް މި މަހު 23 ގައި ހޯރަފުށީގައި ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.މި މުބާރާތް ހޯސްޓް ކުރަނީ ހއ. ހޯރަފުށީގައި އެވެ."ތިލައުތުރު ވޮލީ މުބާރާތް 2025" ހޯރަފުށީގައި ހޯސްޓް ކުރަން ހަމަޖެހުމާއި ގުޅިގެން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ.  ވަހީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައާއި، އަތޮޅު ފެންވަރުގެ މުބާރާތް ތަކުގައި ހޯރަފުށީހެ ޓީމްތައް ވާދަކޮށް އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކޮށް ބަދަހި ކުރުމާއި ހއ. އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަން ބަދަހި ކުރުމުގެ ބޭނުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ހޯސްޓް ކުރާ ސަބަބެއްކަމަށެވެ"ހާއްސަކޮށް އަތޮޅު ފެންވަރުގައި މުބާރާތެއް ހޯރަފުށީގައި ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ކުޅިވަރަށް ޝައުގުވެރިވާ ޒުވާނުންނާ، ކަނބަލުން، ރައްޔިތުން، ކައުންސިލް މެމްބަރުން ހއ. އަތޮޅު ވޮލީބޯޅަ މުބާރާތް ހޯރަފުށީގައި ބާއްވާ ދިނުމަށް އެދި ރަށުގެ ކައުންސިލަށް ހުށައެޅަމުން ގެންދިއުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ބޭއްވުމަށް ބޭނުންވި މަގްސަދެއް" ވަހީދު ވިދާޅުވި އެވެވަހީދު އިތުރަށް ވިދާޅުވީ މިފަދަ މުބާރާތްތައް ރަށްފުށުގައި އިންތިޒާމް ކުރުމުގެ ފުރިހަމަ ނަމޫނާ ދެއްކުމަކީ ރަށުކައުންސިލްގެ މައިގަނޑު އަމާޒު ކަމަށެވެ."ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ."ތިލައުތުރު ވޮލީ މުބާރާތް 2025"ގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ