އެޗްޑީސީގެ އޮފީހެެއް ވިނަރެސް ޓަވަރު 6ގައި ހުޅުވައިފި

އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު ހައެއްގައި އެ ކުންފުނީގެ އޮފީހެއް ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މި އޮފީސް ހުޅުވީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއް ވަނަ ފަންގިފިލާގަ އެވެ.
ތަފްސީލް - މިއީ، އެޗްޑީސީން މިއަދު ބުނި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެކެވެ. 
އެގޮތުން:
ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި ފޯމާއި ފައިސާ ބަލައިގަތުމުގެ ހިދުމަތް އެ އޮފީހުން ލިބޭނެ 
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 2އަށް މި އޮފީސް ހުޅުވާނެ
'ހިޔާ' ޓަވަރުގައި ގާއިމްކުރި އެޗްޑީސީގެ އޮފީސް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް ވެސް ވިނަރެސް އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ