އެއާޕޯޓުތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި ރޭގަނޑު ދަތުރު ފެށުމަށް ކުޅުދުއްފުށީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ރޭ ޖައްސައިފި މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށްފި މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރ

މިއަދު ހެނދުނު ، ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް، އެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސި އެނބުރި މާލެ އަތުވެއްޖެއެވެ.
މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގައެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނެވެ. ނަމަވެސް، އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށް، ނުޖެއްސުމުން 11ޖަހާ އެހާއިރު ފުލައިޓް ވަނީ އަނބުރާ މާލެ އައިސްފައެވެ.
މާލެ އައުމުގެ ކުރިން މި ބޯޓު ނ. މާފަރު އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް، މާފަރަށް ވެސް ވައި ގަދަވުމުގެ ސަބަބުން ނުޖެއްސުނީއެވެ.
ވައިގެމަގުން މާލެއިން ކުޅުދުއްފުޓަށް އާންމުކޮށް ދެވެނީ 40-45 މިނެޓުންނެވެ. އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު ގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިވަގުތު ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު މިއަދު ހަވީދު 04:00 އާ ހަމައަށް ދަމަހައްޓާފައި ވާއިރު، މި ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ