މާލޭ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެ

މާލޭ މަހައްޗަންގޮޅީ ގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. 
ފުލުހުން ބުނީ، މާލޭ މަހައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ ކަމަށް،  ރޭ ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 
މި ހާދިސާގައި އެ އަންހެން މީހާގެ ދެ ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާ، މިގޮތުން، ދެ ފައިގެ ކުޑަ ހުޅު ނެއްޓި، "އޯޕަން ފްރެކްޗާ" ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.
އަދި ވެއްޓުނު އަންހެން މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ