އެމެރިކާއިން ބަންކަރު ފޫވައްޓައި ބޮން އެޅީ ހުސްކޮށްފަ އޮތް ތަނަކަށް

އެމެރިކާ އިން ބަންކަރު ހަލާކުކުރަން ބޭނުންކުރާ ބޮން އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަސް އެޅިއިރު އެ ޕްލާންޓްތައް ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އިން ބަންކަރު ފޫވައްޓަން ބޭނުންކުރާ ބޮން އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަސް އެޅިއިރު އެ ޕްލާންޓްތައް ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 
އީރާނުގެ ބައެއް އޮފިޝަލުންނާ ހަވާލާ ދީ ހުޅަނދުގެ ބައެއް ނޫސްތަކުގައި ވެސް ދަނީ މި އަހަރު މިގޮތަށް ގެނެސްދެމުންނެވެ. އެމެރިކާގެ އެންމެ ބާރުގަދަ އެންމެ ޒަމާނީ ހަތިޔާރު ކަމަށްވާ ބީ2 މަރުކާގެ ބޯޓު ބޭނުންކޮށްގެން ރޭ ފަތިހުގެ ވަގުތެއްގައި އެމެރިކާ އިން ވަނީ ފޯރުދޯ އާއި ނަތަންޒް އަދި އިސްފަހަން މަރުކަޒަށް ހަމަލާ ދީފަ އެވެ. 
މި ހަމަލާއާ ގުޅިގެން އީރާނުގެ ނިއުކްލިއަ ހަތިޔާރާ ބެހޭ އިދާރާއިން ވަނީ ނިއުކްލިއަ ލީކުވެފައި ނުވާ ކަމަށް ބުނެފަ އެވެ. މުޅި މެދުއިރުމަތީ ނުރައްކާތެރި ހާދިސާއެއް ހިންގައިފާނެ މި ހާދިސާއާ ގުޅިގެން ސައޫދީ އިން ވަނީ ނިއުކްލިއަ ލީކްވެފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެހެންވެ ގިނަ ބަޔަކު ދަނީ މި ހަމަލާއާމެދު ސުވާލު އުފައްދަމުންނެވެ. މި ސުވާލުތައް މި ގޮތުގައި ކުރަމުން ދަނިކޮށް އީރާނުގެ ނިއުކްލިއަ ކަންކަމާ ބެހޭ އިދާރާއިން ވަނީ ނިއުކްލިއަ ލީކުވެސް ނުވާ ކަމަށް ބުނެފަ އެވެ. މި ހަމަލާގެ ކުރިން މިމަހުގެ 15 އިން 17 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްލާންޓުގައި ހުރި ނުރައްކާތެރި ކެމިކަލް މާއްދާތައް ރައްކާތެރި ތަންތަނަށް ގެންދެވިފައިވާކަން ބުނެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ