65 އަހަރުވުމުން ދޭ އެލަވަންސަށް މިދިޔަ އަހަރު 1.3 ބިލިއަން، ހަތް ޕަސެންޓުގެ އިތުރުވުމެއް

އުމުރުން 65 އަހަރުވުމުން ދައުލަތުން ދޭ އެލަވަންސަށް މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ހަތް ޕަސެންޓުގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ޕެންޝަނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި އަހަރު އަސާސީ ޕެންޝަނަށް ދައުލަތުން ކުރި ހޭދަ ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު އަސާސީ ޕެންޝަނަށް 1.23 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު 1.32 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ މިދިޔަ އަހަރު އަސާސީ ޕެންޝަނަށް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ޑިސެންބަރު މަހުކަން ތަފާސްހިސާބުތައް ދައްކާ ކަމަށެވެ. އެގޮތުން އެ މަހު އަސާސީ ޕެންޝަންގެ ގޮތުގައި 112 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ ދިވެހީންނަށް ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ފޯރުކޮށްދޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ. ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުން: މި ސަރުކާރުން ޑަބަލް ޕެންޝަން އުވާލަން އިއުލާންކޮށް ފަހުން ވަނީ ނިންމުން ބަދަލުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް އެ ޕެންޝަނާއެކު، ސިވިލް ސާވިސް ގާނޫނުގައި އޮތް ގޮތުގެ މަތިންނާއި، ވަކިވަކި އިދާރާތަކުން ޕެންޝަން ދިނުމުގެ ގަވައިދުތަކެއް ހަަދައިގެން ޕެންޝަން ދެމުން ދިޔުމުން 'ޑަބަލް ޕެންޝަން' ދޭން ޖެހޭ ހާލަތެއް އުފެދި، ދައުލަތަށް ބުރަ ބޮޑުވުމަކީ މާލީ އިދާރާތަކުން ފާހަގަކުރަމުން އަންނަ މައްސަލައެކެވެ. އޮޑިޓަރު ޖެނެރަލް 2015ގައި ނެރުއްވި ރިޕޯޓެއްގައި ވެސް، އެގޮތަށް ޕެންޝަން ދެމުން ދިޔުން ރަނގަޅު ނޫން ކަމަށް ބުނެފައިވާއިރު، ބޭރުގެ މާލީ އިދާރާތަކުން ވެސް ތަކުރާރުކޮށް އަންނަނީ ޑަބަލް ޕެންޝަން އުވާލަން ގޮވާލަމުންނެވެ. https://sun.mv/204534 މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ވަނީ، މި އަހަރުން ފަށައިގެން ޑަބަލް ޕެންޝަން އުވާލަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ ނިންމުން ފަހުން ވަނީ ބާތިލުކޮށްފައެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު ހީވެފައިވާއިރު މާލީ އިސްލާހުތައް ނުގެންނާތީ ސަރުކާރުގެ ތެރެއިން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިދިޔަ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ފާއިތުވި 13 އަހަރުތެރޭ ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ޑަބަލް ޕެންޝަންގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ