ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް އަޒުމު އައު ކުރަން ޖެހޭ: ރައީސް

މިއަދު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުތަކުގެ ދިރުންތަކަށް އިހުތިރާމުކޮށް، ރައްކާތެރިކުރުމަށް އަޒުމު އައު ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގައުމުގެ ދުޅެހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮ ކަމުން ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށެވެ. ރާއްޖޭގެ ކަނޑަކީ ފަތުުރުވެރިކަމާއި އެހެނިހެން ކަންކަމަށް އެހީތެރިވެދޭ ވަސީލަތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. https://x.com/MMuizzu/status/1931604208517820730 އެކަމަކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ދިރުންތަކަށް އަސަރުކުރަމުންދާ ކަމަށާއި ގޮނޑުދޮށްތައް ގިރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިއަދު ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުތަކުގައި އުޅޭ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޒުމު އާކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބޮޑު ސަރަަހައްދަކީ ކަނޑުތަކާއި ފަޅުތައް ކަމަށްވާއިރު، ދިރުންތަކަށް އަންނަ ބަދަލުތައް ހޯދުމަށް އެކި ދިރާސާތައް ކުރެއެވެ. މިގޮތުން، ކަނޑުއަޑީގެ މާހައުލީ ނިޒާމު ބެލެހެއްޓުމަށް ޓަކައި، ކަނޑުގެ ދިރުންތަކުގެ ހާލަތު ދެނެގަނެވޭ "ޕެސިވް އެކޯސްޓޮކް މޮނިޓަރިން (ޕޭމް)" ޓެކްނޯލޮޖީ ރާއްޖޭގައި ވަނީ ބޭނުން ކުރަން ފަށައިފައެވެ. https://sun.mv/205540 ހޯމްލޭންޑް މިނިސްޓްރީން ބުނީ، މި ޓެކްނޯލޮޖީ ބޭނުންކުރަން ފެށީ އަޖުމަބެލުގެ ޕައިލެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ކަމަށެވެ. މިއީ ރާއްޖޭގައި ފަރުތައް އާލާކުރުމާއި ކަނޑުއަޑީގެ ދިރުން އިއާދަކުރުމަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭ ފުރަތަމަފަހަރެވެ. ކޮންޓްރޯލް ސަރަހައްދުގެ އަޑުތަކާއި، ހަލާކުވެފައިވާ ސަރަހައްދުގެ އަޑުތަކާއި އަޅާކިއުމުން ފަރުގެ ދިރުން އާލާވާ މިންވަރު، މި ޓެކްނޮލޮޖީގެ އެހީގައި ދެނެގަނޭވޭނެއެވެ. މި ޓެކްނޯލޮޖީ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބޭސްލައިން ޑޭޓާ ނަގައި ރައްކާކުރުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަންނަ ނުރައްކާތަކަށް ފިޔަވަޅުއެޅުމަށް ދުރާލާ ތައްޔާރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަން ވެސް އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ