ރާއްޖެއަށް ދަތުރު ކުރާ ބިދޭސީން ޑިކްލެއާ ކުރުމަށް އިމިގްރޭޝަން ބޭނުން ކުރާ އިމުގަ ޕޯޓަލްގެ ނަމުގައި ބަޔަކު ފޭކު ވެބްސައިޓުތަކެއް ހަދައިގެން އުޅޭތީ ސަމާލުވާން އިމިގްރޭޝަން ޑިޕާޓްމަންޓުން އެދެފި އެވެ.
ފޭކު ވެބްސައިޓުގެ ނަމަކަށް ކިޔައިގެން އުޅެނީ އިމުގަ ހައިފަން އެޕްލިކޭޝަން ޑޮޓް ކޮމް އެވެ. އިމިގްރޭޝަނުން ގެންގުޅޭ ހަގީގީ އިމުގަ ޕޯޓަލް ވެބްސައިޓަށް ކިޔަނީ އިމުގަ ޑޮޓް އިމިގްރޭޝަން ޑޮޓް ގަވް ޑޮޓް އެމްވީ އެވެ.
އޭގެ އިތުރު ފޭކު ދެ ވެބްސައިޓެއް ވެސް އެބަ އުޅެ އެވެ. އެއް ސައިޓަށް ކިޔަނީ މޯލްޑިވްސް ހައިފަން ވިސާ ޑޮޓް ކޮމް އެވެ. އަނެއް ސައިޓަށް ކިޔަނީ އިމުގަ މޯލްޑިވްސް ޑޮޓް ނެޓް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭކު ވެބްސައިޓުތައް ހަދައިގެން އުޅޭ މީހުން ޓްރެވަލާ ޑިކްލެރޭޝަން ހަދަން ކަމަށް ބުނެ ފައިސާ ނަގަ އެވެ. އެކަމަކު ހަގީގަތުގައި އެއީ ފައިސާ ނަގައިގެން ކުރާ ކަމެއް ނޫނެވެ.
މީގެ ކުރިން ދިވެހިން ވެސް އިމުގަ ޕޯޓަލުން ޑިކްލެރޭޝަނެއް ހުށަހަޅަންޖެހެ އެވެ. އެކަމަކު، މިދިޔަ އަހަރު ކުރީކޮޅު އެ އުސޫލު ވަނީ އުލާވައިފަ އެވެ.
އިމުގަ ޕޯޓަލްގެ ނަމުގައި ފޭކު ވެބްސައިޓުތަކެއް ހަދައިގެން އުޅޭތީ ސަމާލުވާން އެދެފި އިމުގަ ޕޯޓަލްގެ ނަމުގައި ފޭކު ވެބްސައިޓުތަކެއް ހަދައިގެން އުޅޭތީ ސަމާލުވާން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ