އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުގައި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
ތަފްސީލް - މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެކެވެ. އެއީ:
އެއްގަމު އުޅަނދުފަހަރު މަރާމާތު ކުރުން 
ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު ކުރުން 
ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާ
އަންނަ 22 ޖޫންގައި ފަށާ، ހަ މަސްދުވަހުގެ މި ޕްރޮގްރާމްގައި:
25 ބައިވެރިންނަށް ފުރުސަތު ދޭނެ
ކޮންމެ ބައިވެރިއަކަށް މަހަކު 6,000ރ.ގެ އެލަވަންސެއް ލިބޭނެ 
ލެވެލް 3ގެ ސަނަދެއް ހާސިލުކުރެވޭނެ
ބުނީ ކީކޭ؟ - "2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރު ވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދޭ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނެރުން،" އެޗްޑީސީގެ ހެޑް އޮފް މާކެޓިން ހަސަން ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ