ރާއްޖޭގައި ހުރި އިންވެސްޓުމެންޓު ފުރުސަތުތަކާއި ގުޅޭގޮތުން ތުރުކީއާއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މަޢުލޫމާތު ތުރުކީގެ ވިޔަފާރިވެރިންނަށް ދިވެހި ސަރުކާރުގެ އިސް ވަފުދަކުން ހާމަކޮށްދީފިއެވެ. މި މަޢުލޫމާތު ދެއްވާފައިވަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ތުރުކީގެ ފަރާތުން ޑީއީއައިކޭގެ ޗެއަރމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއނާއިލް އޮލްޕަކް އިސްކޮށް ހުންނެވިއެވެ.
ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް އޮފް ޓުރްކިއޭ (ޑީއީއީކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ތުރުކީގެ މުހިންމު 15 އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި އިރު، އެ ބައްދަލުވުމުގައި ތުރުކީގެ ތުރުކިއޭ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ޗެއާޕާސަން ނާއިލް އޮލްޕަކް ވެސް ހިމެނެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވުނެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި، ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރި އަދި ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ޤައުމެއް ކަމަށާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. ބޭނުންވަނީ ތުރުކީގެ އިންވެސްޓަރުން މި ފުރުސަތުތަކުގެ ބޭނުން ހިފުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އިކޮނޮމިކް ކޯޕަރޭޝަން އެގްރީމަންޓާއި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޕްރެފެރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ސައީދު ވަނީ ވިދާޅުފައެވެ.
ދެ ވަޒީރުންގެ ވާހަކަފުޅުތަކަށްފަހު، އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުހައްމަދު ރިޒާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.
އެ ޕްރެޒެންޓޭޝަނުން ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުން އަންނަ ގޮތުގެ ތަފްޞީލު ވަނީ ދެއްވާފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ތުރުކީގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާމެދު ޝައުޤުވެރިކަން ފާޅުކުރިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ