ޓެމޫގެ ނަމުގައި ސްކޭމް ހިންގާ މިންވަރު އިތުރުވާތީ ސަމާލުވާން ފުލުހުން އެދިއްޖެ

މި ދުވަސްވަރު ދިވެހީންގެ ތެރޭގައި މަގުބޫލުވެފައިވާ އޮންލައިން ޝޮޕިން ޕެލްޓްފޯމު، ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. އެގޮތުން، އެ ސްކޭމްތަކުގައި ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި ފިޝިން މެސެޖްތައް ފޮނުވުމާއި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ސްކޭމްތަކުގެ ގޮތުގައި ހިންގާ ކަމަށް ފުލުހުންނަށް ފާހަގަވި ކަންކަން: 1. ފިޝިން މެސެޖްތަކާއި އީމެއިލްތައް: މިއީ ޓެމޫ ނުވަތަ ކޫރިއާ ސާވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ. 2. ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ. 3. 2ޑީ ކާޑު ސްކޭމްތައް: 2ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ. މި ސްކޭމްތަކުން ރައްކާތެރިވުމަށް، އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމެވެ. - ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން.- ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ޚިލާފު ޑޮމެއިންތަކަށް) ސަމާލުވުން.- "ޕާސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުން.- ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން.- ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) ބޭނުންކުރުން. ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަވަހަށް ފިވަޅުތައް އެޅުން މުހިންމެވެ. އެގޮތުން: 1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން އޮންލައިން ޝޮޕިން ކުރާއިރު ރައްކާތެރިވުމަށް ތިރީގައިވާ ފިޔަވަޅުތައް އެޅިދާނެއެވެ. - އޮންލައިން ޝޮޕިންއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުން.- ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.- އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރް ނުވަތަ އެޕަލް އެޕް ސްޓޯރް) ކަން ކަށަވަރުކުރުން.- އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާ ބޭނުންކުރުން. މަކަރާއި ހީލަތް ހަދައިގެން އެކި އުކުޅުތައް ބޭނުންކޮށްގެން މީހުން ފައިސާ ހޯދައެވެ. އެ ފަދަ ހާލަތްތަކުގައި ބައެއް ފަހަރަށް ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައި ވެސް އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ