ސަރުކާރުގެ ދައުވަތަކަސް މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހެވެ. ނަބަވީގެ އިމާމް ރާއްޖެއަށް ކުރައްވާ ދަތުރުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާއެއް ދެއްވާނެ އެވެ. އަދި ދީނީ ދަރުހެއް ވެސް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން، ޑރ. ސަލާހުލްބުދައިރުގެ ދަތުރުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ ބައެއް ދީނީ އިދާރާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.
މީގެ ކުރިން މައްކާގެ ހަރަމްފުޅުގެ އިމާމް އްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމް މުހައްމަދު އައްސުބައްޔިލު އެވެ. އެއީ މީގެ 40 އަހަރު ކުރިން، އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށެވެ.
ޑރ. ސަލާހުލްބުދައިރަކީ ރީތިކޮށް ގުރްއާން ވިދާޅުވުމަށް މަޝްހޫރު ބޭފުޅެކެވެ. މަސްޖިދުއް ނަބަވީގައި އިމާމުވެވަޑައިގެން ތަރާވީހު ކުރައްވަނީ ޑރ. ސަލާހުލްބުދައިރު އެވެ.
މަސްޖިދުއް ނަބަވީގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ، ހުކުރު ހުތުބާއަކާއި ދަރުހެއް ދެއްވާނެ މަސްޖިދުއް ނަބަވީގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ، ހުކުރު ހުތުބާއަކާއި ދަރުހެއް ދެއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ