ދިވެހިރާއްޖޭގައި
މެޑިކަލް ފަތުރުވެރިކަމަށް ޚާއްޞަ ހޮސްޕިޓަލްތައް ޤާއިމުކުރުމަށް ޕްރޮޕޯސަލް ލިބެމުންދާކަމަށް
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން
ވިދާޅުވީ، ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން"
ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަށް
އަށް ޒިޔާރަތްކުރާ ބައެއް ބޭރުގެ އިންވެސްޓަރުން، ރާއްޖޭގައި މެޑިކަލް ފަތުރުވެރިކަމަށް
ޚާއްޞަ ހޮސްޕިޓަލްތައް ޤާއިމުކުރުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަން ފާހަގަކުރައްވާ
ވަޒީރު ވިދާޅުވީ ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަމުންދާކަމަށެވެ.
Advertisement
އެގޮތުން،
ރިސޯޓެއްގައި ހޮސްޕިޓަލަކާއި، ފަރުވާދެވޭނެ ޚިދުމަތްތަކާއި، އަދި މީހުން ތަމްރީނުކުރެވޭނެ
ކޮލެޖަކާއެކު ތަރައްޤީކުރުމަށްވެސް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަމުންދާކަމަށާއި
އެހެންކަމުން އުޞޫލުތަކުގެ ތެރެއިން އިޤްތިޞާދީ ކައުންސިލަށް ހުށަހަޅައިގެން އެކަން
ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުގެ ނަޒަރުގައި
އެއީ ވަރަށް ފައިދާހުރި ކަމެއް. އަޅުގަނޑުމެން މިހާރުވެސް މިދަނީ އެކަން އިތުރަށް ދިރާސާކުރަމުން.
އެކަން އެގޮތަށް ޙާޞިލުކުރެވިއްޖެނަމަ، އެއީ ވަރަށް ކާމިޔާބު ކަމަކަށް ވާނެ
ވަޒީރު ނާޡިމް
އިތުރަށް
ވަޒީރު ވިދާޅުވީ، ފަތުރުވެރިކަން ކުރި އަރުވައި ތަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ
ސިޔާސަތުގެ ދަށުން، މެޑިކަލް ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ދާއިރާއެއްގައި ކުރިއަރާތަން
ދެކެން ބޭނުންވާ ކަމަށެވެ.
އެމްއެމްޕީއާރުސީ
އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން، މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަންޒިލެއްގެ
ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަކުރައްވާ
ވަޒީރު ވިދާޅުވީ ސަރުކާރުން އިސްނަގައިގެންވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާ
ކަމަށެވެ.
ދިވެހިރާއްޖެއަކީ
ފަތުރުވެރިކަމުގެ ދާއިރާއިން ލަގްޒަރީ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމަކެއްކަމުން، ފަތުރުވެރިކަމުގެ
ޞިނާޢަތުގައި މެޑިކަލް ފަތުރުވެރިކަން ހިމެނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް
ކުރައްވަމުންނެވެ.
މެޑިކަލް ފަތުރުވެރިކަމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން: ވަޒީރު ނާޡިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ