މުދަލުގެ އަގުތައް އެނގޭނެ އަގުމަގު ޕޯޓަލް ލޯންޗްކޮށްފި
މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފި އެވެ. އިކޮނޮމިކް މިނިސްޓްރީން "އަގުމަގު"ގެ ނަމުގައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް ރޭ ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.މި އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބެން ހުރި ތަންތަން ބުނެދިނުމެވެ. އިކޮނޮމިން މިނިސްޓްރީން ބުނީ، މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. މިވަގުތު މި ލިސްޓުގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތަކެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ރަށްތަކުގެ އަގުތައްވެސް ހިމަނާނެކަމަށް އިކޮނޮމިކް މިނިސްޓަރީން ބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ