ނިއު ދިއްލީ، އިންޑިއާ (މެއި 6) - މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި އަހަރުގެ ސީޒަނުގެ ލީގު ބުރުގެ ފަހު މެޗުތަކަށް ކުރިމަތިލާއިރު، ޕްލޭއޮފްގެ ހަތަރު ޖާގަ އަށް ހަތް ޓީމެއްގެ ވާދަވެރިކަން ބޮޑުވެފަ އެވެ.
ޖުމްލަ 10 ޓީމާ އެކު ކުރިއަށްދާ އައިޕީއެލް އިން ތިން ޓީމެއް ވަނީ ކަޓައިފަ އެވެ. އެއީ، ފަސް ފަހަރު ތަށި އުފުލާލައިފައިވާ ޗެންނާއި ސުޕަކިންގްސް، މިދިޔަ އަހަރުގެ ރަނަރަޕް، ސަންރައިޒާސް ހައިދަރުއާބާދު އަދި ރާޖަސްތާން ރޯޔަލްސް އެވެ.
ޕްލޭއޮފްގެ ފުރުސަތު އޮތް ޓީމުތަކަށް ބަލާއިރު، ލީގު ބުރުގެ އެއް ވަނައިގައި މި ވަގުތު އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން، ދެ މެޗުން މޮޅުވެގެން ވެސް ޕްލޭއޮފް ކަށަވަރުކުރެވޭނެ އެވެ. އެކަމަކު، ހާލަތު ނިޔާކުރާ ގޮތުން، އެއް މެޗުން މޮޅުވިޔަސް، ބެންގަލޫރަށް ޕްލޭއޮފްގެ ޖާގަ ލިބޭނެ އެވެ.
ބެންގަލޫރަށް ދެން އޮތީ، ރަށުންބޭރުގައި ލަކްނައު ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި، ހައިދަރުއާބާދާއި ކަލްކަތާ ނައިޓްރައިޑާސްއާ ކުޅޭ މެޗެވެ.
އައިޕީއެލް ތާވަލު: ފުލުގައި އޮތް ތިން ޓީމު ކަޓާފައިވާއިރު، ހަތް ޓީމަކަށް ގަދަ ހަތަރެއްގައި ހިމެނިގެން ޕްލޭއޮފްގައި ކުޅުމުގެ ފުރުސަތު އެބައޮތް.
ޕަންޖާބް ކިންގްސް އަށް ބާކީ އޮތް ތިން މެޗުގެ ތެެރެއިން ދެ މެޗުން މޮޅުވެއްޖެނަަމަ، ޕްލޭއޮފް ކަށަވަރުވާނެ އެވެ. އެކަމަކު، އެ ޓީމަށް ބާކީ އޮތް ތިން މެޗުން އެއް މެޗުން މޮޅުވެވިއްޖެނަމަ ވެސް ޕްލޭއޮފަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. މުމްބައި އިންޑިއަންސް އަށް ވެސް ޕަންޖާބެކޭ އެއްގޮތަށް ބާކީ އޮތް ތިން މެޗުން ކުރެ އެއް މެޗުން މޮޅުވެގެން ވެސް ޕްލޭއޮފަށް ދަތުރުކުރެވޭނެ އެވެ. ފަސް ފަހަރު ތަށި ހޯދާފައިވާ މުމްބައި އަށް ދެ މެޗުން މޮޅުވެވިއްޖެނަމަ، ޕްލޭއޮފް ޔަގީންވާނެ އެވެ.
ގުޖުރާތަށް ބާކީ ހަތަރު މެޗު އޮތްއިރު، އޭގެއިން ދެ މެޗުން މޮޅުވެގެން އެ ޓީމަށް ޕްލޭއޮފަށް ދަތުރުކުރެވޭނެ އެވެ. ދިއްލީ ކެޕިޓަލްސް އަށް ބާކީ އޮތް ތިން މެޗުން މޮޅުވެގެން، ޕްލޭއޮފަށް ދަތުރުކުރެވެން އޮތްއިރު، ދެ މެޗުން މޮޅުވެއްޖެނަމަ، ހަނި ފުރުސަތެއް އޮންނާނެ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން، ކަލްކަތާ އާއި ލަކްނައު އަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ނެތްއިރު، ކިރިޔާ ވެސް ޕްލޭއޮފްގެ ފުރުސަތެއް އޮތީ ބާކީ އޮތް ތިން މެޗުން ވެސް އެ ޓީމުތައް މޮޅުވެގެންނެވެ. އަދި، އެ ތިން މެޗުން މޮޅުވި ކަމުގައި ވިޔަސް، ކަލްކަތާ އާއި ލަކްނައު ދެން ހުރި މެޗުތަކުގެ ނަތީޖާ އަށް ވެސް ބަލަންޖެހޭނެ އެވެ.
މުބާރާތުގައި މިރޭ މުމްބައި އިން ނުކުންނާނީ ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ.
އައިޕީއެލް ޕްލޭއޮފް ހަަތަރު ޖާގައަށް ހަތް ޓީމެއްގެ ވާދަވެރިކަމެއް އައިޕީއެލް ޕްލޭއޮފް ހަަތަރު ޖާގައަށް ހަތް ޓީމެއްގެ ވާދަވެރިކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ