އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ
އިންޑިއާގެ އަސްކަރީ މަނަވަރު، އޮފް ޝޯ ޕެޓްރޯލް ވެސެލް "އައިއޯއެސް ސާގަރު" މިއަދު ހެނދުނު ރާއްޖެ އައިސްފި އެވެ.އިންޑިއާގެ އަސްކަރީ މަނަވަރު، އައިންއެސް ސުނައިނާ، އިންޑިއަން އޯޝަން ޝިޕް (އައިއޯއެސް) ސާގަރުގެ ގޮތުގައި ކަނޑައެޅީ، އެ ގައުމުގެ ނޭވީއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.މި މަނަވަރު މިއަދު ރާއްޖެ އައުމާއެކު ދިވެހި ސިފައިންގެ ކޯސްޓުގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމު ވަނީ މަނަވަރަށް ވަޑައިގެން އޭގައި ތިބި އެކި ގައުމުތަކުގެ ސިފައިންނާ ބައްދަލުކުރައްވައި، ފަޅުވެރިންނާއި، އޮފިސަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.މި މަނަވަރުގައި އިންޑިއާ ނޫން އެހެން ގައުމުތަކުގެ އަސްކަރީ އޮފިސަރުން ހިމެނޭ ކަމަށްވެ އެވެ.މީގެތެރޭގައި ސްރީލަންކާ، މޮޒަމްބިކް، މޮރިޝަސް، ކޮމޮރޮސްއާއި، ސީޝެލްސް، ކެންޔާ، ޓެންޒޭނިއާގެ އިތުރުން ރާއްޖެވެސް ހިމެނެ އެވެ.އަސްކަރީ ތަމްރީންތަކުގެ އިތުރުން ގައުމުތަކުގެ އިގްތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމުގެ އަމަލުކުރަންވީ ގޮތްތަކެއްވެސް މި ތަމްރީމްތަކުގައި ކިޔައިދޭނެ ކަމަށްވެ އެވެ. މި މަނަވަރު ދަތުރު ފެށީ، އިންޑިއާ ކަނޑު ސަރަޙައްދުގެ ނުވަ ޤައުމަކުން 44 ފަޅުވެރިން ހިމެނޭހެންނެވެ. އޭގެ ތެރޭގައި، އިންޑިއާ ހިމެނޭހެން، ރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސްއާއި ކެންޔާގެ އިތުރުން ޓެންޒޭނިއާ ހިމެނެއެވެ.މި މަނަވަރު ރާއްޖޭގައި ދެ ދުވަސް ހޭދަކުރާނެއެވެ. އެއަށްފަހު ދެން ދަތުރު ފަށާނީ އިންޑިއާގެ، ކޮޗީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ