މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަމާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަމާ

މިދިޔަ ބުރާސްފަތި ދުވަހަކީ ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަހެވެ. އެއީ ހަމައެކަނި ކަލަންޑަރުގައި ޖަހާލާފައި އޮންނަން ވާނެ، އަދި ދުވަހުގެ ތަހުނިޔާ ފޮނުވާފައި ނިންމާލުމުން ފުދޭނެ ދުވަހެއް ނޫނެވެ. އެއީ އޮފީސްތަކާއި ވިޔަފާރިތައް ހިންގަމުންދާ، އިމާރާތްތައް މައްޗަށް ނަގަމުންދާ، އަދި މުޖުތަމައުތައް ބިނާކުރަމުންދާ އަތްތަކާއި ސިކުނޑިތަކާއި ހިތްތަކުގެ އަގު ވަޒަންކުރަންޖެހޭ ދުވަހެކެވެ.
އެކި ދާއިރާތަކާއި ފަންނުތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް ހެޔޮ ގޮތްތަކާއި އިންތިޒާމުތައް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އެމީހުންނަށް އާކޮށްދޭންޖެހޭ މުނާސަބަތެކެވެ.
އެލައިޑްގެ "ގްރޫޕު ޕާސަނަލް އެކްސިޑެންޓް" ޕްލޭނަކީ ކުންފުނިތަކާއި ވިޔަފާރިތަކަށް އެފަދައިން އޮތް އޮޕްޝަނެކެވެ. އެއީ ހަމައެކަނި އިންޝުއަރަންސް ޕްލޭނެއްގެ ގޮތުގައި ނުވަތަ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި، މައުނަވީ ގޮތެއްގައި އަޅާ ފިޔަވަޅަކަށް ހެދުން މުހިންމެވެ.
މަސައްކަތުގެ އެކިއެކި މާހައުލުތަކުގައި މުވައްޒަފުންނާއި މަސައްކަތްތެރީންނަށް ތަފާތު ބާވަތްތަކުގެ ރިސްކް (ހިރާސް) ކުރިމަތިވެއެވެ. އެއީ ކާރުހާނާއެއް ކަމުގައި ވިޔަސް، ކޮންސްޓްރަކްޝަން ސައިޓެއް ވިޔަސް، ނުވަތަ ޕްރޮފެޝަނަލް އޮފީހެއްގައި ކަމުގައި ވިޔަސް ކުރިމަތިވެދާނެ ޖިސްމާނީ ރިސްކްތަކެއް ހުންނާނެ އެވެ.
ގްރޫޕް ޕާސަނަލް އެކްސިޑެންޓް ޕްލޭނަކީ އެފަދަ ކަންކަމުގެ ސަބަބުން ލިބިދާނެ އަނިޔާއެއް ނުވަތަ ޒަހަމަމުން މުވައްޒަފުންނާއި އެމީހުންގެ އާއިލާއަށް ލިބިދާނެ ނިކަމެތިކަމަކުން ސަލާމަތްކޮށްދެ އެވެ.
"މަސައްކަތުގެ މާޙާއުލުގައި އުޅޭއިރު ދިމާވާ އެކްސިޑެންޓަކުން މުވައްޒަފުގެ ފުރާނަ ގެއްލިއްޖެ ނަމަ، ނުވަތަ ވަގުތީ ނުވަތަ ދާއިމީ ގޮތުން ނުކުޅެދުންތެރިކަމެއް ކުރިމަތިވެ ވަޒީފާ އަދާކުރުމަށް ހުރަސް އެޅިއްޖެ ނަމަ އޭނާ އަދި އޭނާގެ އާއިލާއަށް ކުރިމަތިވެދާނެ ނިކަމެތިކަމުން ރައްކާތެރިކުރުމުގެ ގޮތުން މި ޕްލޭނުން މާލީ ބަދަލު ކަށަވަރުކޮށްދޭ،" އެލައިޑުން ބުންޏެވެ.
ވަޒީފާގެ މަސްއޫލިއްޔަތެއް އަދާކުރަނިކޮށް ނުވަތަ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ އެކްސިޑެންޓެއްގެ ސަބަބުން މުވައްޒަފު ސިއްހީ ފަރުވާއެއް ހޯދަން ޖެހިއްޖެ ނަމަ، އޭނާގެ އަތުން ދާ ހަރަދަށް ވެސް މި ޕްލޭނުން ބަދަލު ލިބޭނެ އެވެ.
މަސައްކަތްތެރިންނަކީ ވިޔަފާރިތަކުގެ ފަހަތުގައިވާ އެންމެ ވަރުގަދަ ހަކަތަ ކަމުގައިވާއިރު، މުވައްޒަފުން ގެންގުޅޭ ވެރިންނަށް އެމީހުންގެ މުވައްޒަފުންނަށް ދެވޭނެ ވަކި ބޮޑު އަދި އަގުހުރި ހަދިޔާއެއް ނޯންނާނެ އެވެ.
މިއީ މުވައްޒަފުންނަށް އަޅައިދޭ ރައްކާތެރިކަމުގެ ވަރުގަދަ ފަށަލައެކެވެ. މިކަމުން މުވައްޒަފުންނަށް ވެސް އެމީހުންގެ އަގު ވަޒަންކުރާ ކަމުގެ އިހުސާސް ކުރެވި، ކުންފުންޏަށް ނުވަތަ މަސައްކަތަށް ވަފާތެރިވެ ރަނގަޅު ނަތީޖާތަކެއް ނެރެދިނުމުގެ އަޒުމު ވަރުގަދަކުރުމަށް މަގުފަހިވާނެ އެވެ.
ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަސް، ޝިއާރުތަކަކުން ފާހަގަކޮށްލުމުގެ ބަދަލުގައި ފުން އަދި މާނަހުރި ގޮތެއްގައި ފާހަގަކޮށް، މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ތިޔަ ވިޔަފާރި ނުވަތަ ކުންފުނީގައި ހިމެނޭ މުވައްޒަފުންނަށް މިފަދަ ރައްކާތެރިކަމެއް ފޯރުކޮށްދެވިދާނެ އެވެ. ކިޔޭ ބަސްތަކަކަށް ވުރެ، އަމަލުން ކަމެއް ދެއްކުމުގައި މާނަ މާ ފުންވެފައި ބޮޑު ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ