14 ގަޑިއިރުގެ ޕްރެސްގައި އޮއްޓަރެއް ހުރި އެންމެ ވާހަކައެއް ވެސް ނީވުނު: ޔާމީން
މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި 14 ގަޑިއިރުގެ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި 'އޮއްޓަރެއް' ހުރި އެންމެ ވާހަކައެއް ވެސް އަޑެއް ނީވުނު ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގައި ރޭ ބޭއްވި ޕީއެންއެފް ޖަލްސާއެއްގައި ވަނީ، ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ފާޑުވިދާޅުވެ، ވާހަކަދައްކަވާފައެވެ. އެގޮތުން، ސަރުކާރުން މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރުމާ ގުޅޭ ދިރާސާތައް ކޮށްގެން ނޫސްވެރިއަކު ސުވާލުކުރުމުން އެކަމުގައި ދައްކަން އުޅުނު ވާހަކަ ފުރިހަމައަށް ދެއްކިއަ ނުދޭން ރައީސް މަސައްކަތް ކުރެއްވި ތަން ފެނުނު ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެކަމުގައި ނޫސްވެރިޔާ ކުރަން އުޅުނު ސުވާލު އަޑުއެހުމުގެ ކެތްތެރިކަން ރައީސްގެ ހުންނަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ސުވާލުގެ ޖަވާބު ރައީސް އެނވަޑައިނުގަންނާނަމަ، އެކަން ވިދާޅުވެވެގެން ޖެހޭނެ ކަމަށް ޔާމީން ދެކިވަޑައިގަންނަވައެވެ. ފުރަތަމައިނުން ވެސް ވިދާޅުވާން ވީނުން ތޯ ރައީސުލްޖުމްހޫރިއްޔާއަކަށް ހުރިހާ ކަމެއް ނޭނގިދާނެ. މި ޒުވާބު ދެއްވާފައި ހުރިހާ ކަމެއްވެ ނިމުނީމައި، އަނެއްކާ ހަމަ ޔޫޓާން އުނބު ޓާން ނަގަން ޖެހުނީމަ މި ހުތުރުވެގެން ދަނީ ތަފްސީލު އަންނަނީ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ