ޤާސިމްގެ ސުވާލެއް: ކޮން ސަރުކާރަކުންތޯ ވެރިކަމަށް އައިއްސަ ވަޢުދާ އެއްގޮތަށް މަސައްކަތް ކުރީ؟

ވެރިކަމަށް އައުމަށް ހުރިހާ ސަރުކާރަކުންވެސް އެކި ބަޮޑެތު ވަޢުދުތައް ވާކަމަށަާ، އެހެން ނަމަވެސް އެ ވަޢުދުތައް ފުއްދާފައިވަނީ ކޮން ސަރުކާރަކުންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ސުވާލުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ވެރިކަން ކުރެއްވި ބޭފުޅުންނާއި އިދިކޮޅު ޕާޓީ ތަކުންވެސް މިހާރު ދައްކަމުންދާ ވާހަކައަކީ މިއަދުގެ ސަރުކާރުން ކަމެއް ނުކޮށްދޭ ވާހަކަ ކަމަށެވެ. އަދި ވެ ވަޑައިގެންނެވި ވަޢުދާ ޚިލާފްވި ވާހަކަ ކަމަށެވެ. 
އަޅުގަނޑު ކުރުކޮށް ދަންނަވަން އޮތީ، ކޮން ސަރުކާރަކުން، ކޮން ބޭފުޅަކު ވެރިކަމަށް އައިއްސަތޯ ވައުދާ އެއްގޮތަށް ކަން ކުރެއްވީ. ހުރިހާ ކަމެއް އެގޮތަށް ކުރެވިގެން ދިޔައީ. ހުރިހާ ކަމެއް ކޮންޕްލީޓް ކުރެވުނީ. ނެތް ދެއްތޯ؟ ވަރަށް ސާފުކޮށް އެނގޭނެ އެއްވެސް ސަރުކާރަކުން އެ ވައުދުވި ހުރިހާ ކަމެއް ނެތް ކުރެވިފައެއް 100 ޕަސެންޓް. އެކަމު ކޮންމެ ބޭފުޅެއްގެވެސް ވިސްނުންފުޅުގައިވެސް އޮތީ އެކަން ކުރައްވަން ކަމަށް ވެދާނެ
ޤާސިމް އިބްރާހިމް
ޤާސިމް ވިދާޅުވީ، ސަރުކާރު ތަކަށް ކަންކަން ކުރެވޭނީ މާލީ ހާލަތުވެސް ތަން ދީގެން ކަމަށެވެ. އެގޮތުން ބޭސް ފަރުވާގެ ކަންކަމުގައިވެސް އެއް އިރެއްގައިވެސް ހުރިހާ ފަރާތަކަށް އެހީ ލިބިފައި ނުވާ ކަމަށާ އެކަމަށް އެތައް ޚަރަދެއް ކުރި ނަަމަވެސް އެހީ ނުލިބޭ ފަރާތްތައް ތިބޭ ކަން ފާހަގަކުރެއްވިއެވެ. 
ގާސިމް އިތުރަށް ވިދާޅުވީ، ސަރުކާރު ތަކުން ޚިޔާނާތްތެރިވާ ވާހަކަ އަކީވެސް އެންމެން ދައްކަވާ ވާހަކައެއް ކަމަށާ، އެހެން ނަމަވެސް މިއަދުގެ ސަރުކާރުން އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. 
ވަރަށް ގިނަ ފިޔަވަޅުތަކެއް އެބަ އަޅުއްވާ. އެތައް ކުންފުނި ތަކެއްގެ މެނޭޖިންގ ޑިރެކްޓަރުންނާއި، އަދި އެނޫންވެސް އެހެން މިނިސްޓަރުންނާއި ބޭބާެފުޅުން ވަކިކުރައްވާ ކަންކަން ރަނގަޅު މަގަށް ގެންދެވުމަށް ކުރައްވާ މަސައްކަތްތައް އެބަހުރި. 
ޤާސިމް އިބާރާހީމް
މީގެ އިތުރުން މިއަދުގެ ރިޔާސީ ބަޔާނުގައިވެސް ގިނަ ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެކަމުންވެސް އެމަނިކުފާނުގެ ރަނގަޅު އެދުމެއް އޮތް ކަން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ