މޯލްޑިވިއަންއިން އެއަރ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްއާއި ގުޅިގެން ކޫއްޑޫ އެއަރޕޯޓަށް ބޭނުންވާ ސާމާނާއެކު ކަމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަނުން މިހެން ބުނީ ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވި އުޅެނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ދެމައިން ނިޔާވި މައްސަލާގައެވެ.
މޯލްޑިވިއަން އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވިއަންއިން އެއަރ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްއާއި ގުޅިގެން ކޫއްޑޫ އެއަރޕޯޓަށް ބޭނުންވާ އާލާތްތަކާއެކު ކަމަށާއި އަދި މަންމަ އާއި އަލަށް އުފަންވި ކުއްޖާ މެޑިކަލް އިވެކުއޭޓް ކުރުމަށް ބޭނުންވާ ސާމާނާއެކު ކަމަށެވެ.
މޯލްޑިވިއަނުން މިހެން ބުނެފައިވާއިރު ހެލްތް މިނިސްޓްރީން ވެސް ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެއަރ އެމްބިއުލަންސްގެ އާލާތްތައް ހަމަވާނެ: މޯލްޑިވިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ