މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލްއަށް ޒިޔާރަތްކޮށްގެން 50 ހޯސްޕަވަރުގެ އިންޖީނެއް ލިބިދާނެ މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލްއަށް ޒިޔާރަތްކޮށްގެން 50 ހޯސްޕަވަރުގެ އިންޖީނެއް ލިބިދާނެ

މޯލްޑިވްސް މެރިން އެކްސްޕޯގައި ޔަމަހާގެ ސޯޓޯލަށް ޒިޔާރަތް ކޮށްގެން 50 ހޯސްޕަވަރުގެ އިންޖީނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެލިއާއިން ބުނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ މެދުގައި ގުރު ނަގައި، ނަސީބުވެރިޔާ އިއުލާން ކުރާނީ އާދީއްތަ ދުވަހު އެވެ.
ޔަމަހާ ފޯ ސްޓްރޯކް 50 އައުޓްބޯޑް އިންޖީނަކީ ކުދި އިންޖީނުތަކުގެ ތެރެއިން ތެޔޮ ހަރަދު ކުޑަ، ބާރު ދުވެލީގައި ދަތުރު ކުރެވޭ އިތުރުބާރު ހުރި އިންޖީނެކެވެ.
އެ އިންޖީނަކީ މަސްވެރިކަމާއި، ކުދި އަދި މެދު ސައިޒުގެ އުޅަނދުފަހަރަށް އެންމެ އެކަށޭނެ ގޮތަށް ފަރުމާކޮށް ރާއްޖޭގައި ޓެސްޓު ކުރެވިފައިވާ މަގުބޫލު އިންޖީނެކެވެ.
އެލި އާއި ޔަމަހާގެ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު އެލިއާއަކީ ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިނުމުގެ ބައިވެރިއެކެވެ.
އެލިއާއިން ރާއްޖެއަށް ގެނެސްފައިވާ ޔަމަހާ އައުޓްބޯޑް އިންޖީނުގެ ކޮންމެ މެޑަލެއް ތައާރަފް ކުރަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓު ކުރުމަށްފަހު، ރާއްޖޭގެ މާހައުލާ ގުޅޭގޮތުން ގެންނަން ޖެހޭ ބަދަލެއްވާނަމަ އެ ބަދަލެއް ވެސް ގެނެސް، ރާއްޖޭގެ މާހައުލަށް އެކަށައެޅޭ ގޮތަށް ކަމަށް އެލިއާ އިން ބުންޏެވެ.
މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލްއިން ޔަމަހާގެ ހުރިހާ އިންޖީނެއް ޑިސްޕްލޭ ކޮށްފައިވާއިރު، އިންޖީނުތަކާ ބެހޭ މައުލޫމާތު ސްޓޯލްއިން ލިބޭނެ އެވެ. މިގޮތުން ވީހާ ވެސް ގިނަ ބަޔަކު ސްޓޯލްއަށް ޒިޔާރަތްކޮށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ވެސް އެލިއާއިން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ