ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.ބުދަ ދުވަހުގެ ނިޔަލަށް ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ބައެެއް ވަޒީރުން އަދި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.ތަފްސީލް - ރައީސްގެ ދަތުރުފުޅުގައި ލަންކާގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ރައީސް ޑިސނަޔަކެއާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ އަހަރުގެ ޖުލައި މަހު އެ ގައުމުގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ