'ނާނާ އަލްޓިމޭޓް އެސްކޭޕް' ޕްރޮމޯޝަނުން، އަދާރަން ރިސޯޓުން ލަގްޒަރީ ދަތުރެއް ހޯދުމުގެ ފުރުސަތެއް

އަންހެނުންގެ ސިއްހީ އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ނާނާ"އަށް ޚާއްސަ، "ނާނާ އަލްޓިމޭޓް އެސްކޭޕް ޕްރޮމޯޝަން 2026"ގެ ނަމުގައި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ނާނާއަކީ، ދުނިޔޭގެ ފެންވަރުގައި ސާފުތާހިރުކަމުގެ އުފެއްދުންތަކުގެ ލީޑަރެއް ކަމަށްވާ ސްވިޑެންގެ ކުންފުންޏެކެވެ. އެ ބްރޭންޑަށް ޚާއްސަކޮށް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ފަށަައިފައިވާ ޕްރޮމޯޝަނަކީ ނާނާގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއްކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ނާނާ ބްރޭންޑުގެ ކޮންމެ ދެ އުފެއްދުމެއް ނުވަތަ އެއަށްވުރެ ގިނަ އުފެއްދުންތައް ގަނެ، ބިލުގެ ފޮޓޯ ވައިބާ މެދުވެރިކޮށް 7939339 އަށް ފޮނުއްވުމުންނެވެ. މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ހުށަހެޅިފައިވަނީ އަދާރަން މޯލްޑިވްސްގެ ރިސޯޓެއްގައި ދެ މީހަކަށް، ހުރިހާ ޚަރަދަކާއެކު ލިބޭ ދެ ދުވަހުގެ ލަގްޒަރީ ޗުއްޓީއެކެވެ. އަންނަ ޖުލައި 25ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ހޮވާ ތިން ނަސީބުވެރިންނަށް ފޭޝަލް ސްޕާ ޓްރީޓްމަންޓެއް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. އޭގެއިތުރަށް، ނާނާގެ އުފެއްދުންތައް ހޯލްސޭލްކޮށް ބޭނުންވާ ފަރާތްތަކަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ނަންބަރު 7885965 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި، ޖީޓީ ސްނެޕް، ގަންނަ މާޓް، ނާނާގެ އުފެއްދުންތައް ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. މި ފިހާރަތަކަށް 7939339 އަދި 7363663 މެދުވެރިކޮށް ގުޅޭނެއެވެ. މީގެ އިތުރުން، ގޭގައި ތިބެގެން ވެސް އެ އުފެއްދުންތައް އޮންލައިންކޮށް އޯޑަރު ކުރެވޭނެއެވެ. އެއީ "ގަންނަ މާޓް" އެޕްލިކޭޝަން މެދުވެރިކޮށެވެ. އެ އެޕް ގޫގުލް ޕްލޭގެ އިތުރަށް އެޕް ސްޓޯއިން ޑައުންލޯޑް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ