މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލެއްވި އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދިންއިރު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވެސް ގިނަ ވަޒީރުންނަށް ރުހުންދޭން ވޯޓް ދީފިއެވެ.
އެމްޑީޕީ މެންބަރުން ވޯޓްދެއްވި ގޮތުގެ ތަފްސީލަށް ބަލާއިރު ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މިނިސްޓަރ މޫސާ ޒަމީރަށް ރުހުން އޮތްކަމަށް އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ ޑރ.އަޙްމަދު ޝާމިދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، ޙުސައިން ޒިޔާދު، އަމީން ފައިޞަލް، މަޢުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަޙްމަދު ޝާކިރު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލް އެވެ. ޒަމީރަށް ރުހުން ދިނުމާއި ދެކޮޅަށް ވޯޓް ދެއްވީ މީކާއީލް އަޙްމަދު ނަސީމް އެވެ.
ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް ރުހުން އޮތްކަމަށް އެމްޑީޕީގެ 8 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ ޑރ.އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަޙްމަދު ޝާކިރު، އަދި އަޙްމަދު ދީދީ އެވެ. އޭނާއަށް ރުހުން ނެތް ކަމަށް ވޯޓްދެއްވީ މީކާއީލް އަޙްމަދު ނަސީމް އަދި ޙުސައިން ޒިޔާދުއެވެ. އަމީން ފައިޞަލް އަދި އިބްރާހީމް ނާޒިލް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމަށް ރުހުން އޮތްކަމަށް ޑރ.އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، ޙުސައިން ޒިޔާދު، އަމީން ފައިޞަލް، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލް ވޯޓް ދެއްވިއެވެ. މީކާއީލް އަޙްމަދު ނަސީމް، މައުރޫފް ޒާކިރު، އަދި އަޙްމަދު ޝާކިރު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދަށް ރުހުން އޮތް ކަަށް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވިއެވެ.
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީނަށް ރުހުންދޭން އެމްޑީޕީގެ 9 މެންބަރުން ވޯޓު ދެއްވިއެވެ. ޑރ.އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، އަމީން ފައިޞަލް، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަޙްމަދު ޝާކިރު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލް އެވެ. ރުހުން ނެތް ކަމަށް މީކާއީލް އަޙްމަދު ނަސީމް އަދި ޙުސައިން ޒިޔާދު އެވެ. މައުރޫފް ޒާކިރު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ.ޢަބްދުﷲ މުއްޠަލިބަށް ރުހުން އޮތް ކަމަށް ޑރ. އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، އަދި ޙުސައިން ސަމީރު ވޯޓް ދެއްވިއެވެ. ރުހުން ނެތްކަމަށް ވޯޓްދެއްވީ މީކާއީލް އަޙްމަދު ނަސީމް، ޙުސައިން ޒިޔާދު، މައުރޫފް ޒާކިރު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލް އެވެ. އަޙްމަދު ޝާކިރު ވަކިކޮޅަކަށް ވޯޓު ނުދެއްވިއިރު އަމީން ފައިޞަލް އަދި މުޙައްމަދު ނިއުޝާދު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ފޮރިން އެފެއާޒް މިނިސްޓަރ އިރުތިޝާމް އާދަމްއަށް ރުހުން އޮތްކަމަށް އެމްޑީޕީ 10 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ ޑރ.އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، މީކާއީލް އަޙްމަދު ނަސީމް، ޢަބްދުލްޣަފޫރު މޫސާ، ޙުސައިން ޒިޔާދު، އަމީން ފައިޞަލް، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަދި އަޙްމަދު ދީދީ އެވެ. އަޙްމަދު ޝާކިރު އަދި އިބްރާހީމް ނާޒިލް އެވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއަށް ރުހުން އޮތްކަމަށް އެމްޑީޕީ 7 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ ޑރ. އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލްއެވެ. ރުހުން ނެތްކަމަށް މީކާއީލް އަޙްމަދު ނަސީމް އަދި ޙުސައިން ޒިޔާދު ވޯޓް ދެއްވިއިރު އަމީން ފައިޞަލް، މުޙައްމަދު ނިއުޝާދު، އަދި އަޙްމަދު ޝާކިރު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރ ގީލާ ޢަލީއަށް ރުހުން އޮތްކަމަށް އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވިއެވެ. ޑރ. އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، މީކާއީލް އަޙްމަދު ނަސީމް، ޢަބްދުލްޣަފޫރު މޫސާ، ޙުސައިން ޒިޔާދު، އަމީން ފައިޞަލް، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަދި އަޙްމަދު ދީދީއެވެ. އަޙްމަދު ޝާކިރު އަދި އިބްރާހީމް ނާޒިލް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއަށް ރުހުން އޮތްކަމަށް އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ ޑރ. އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، ޙުސައިން ޒިޔާދު، އަމީން ފައިޞަލް، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަޙްމަދު ޝާކިރު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލްއެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ މީކާއީލް އަޙްމަދު ނަސީމްއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއަށް އެމްޑީޕީގެ 11 މެންބަރުން ރުހުން ދިނެވެ. އެއީ އަޙްމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުލްޣަފޫރު މޫސާ، ޙުސައިން ޒިޔާދު، އަމީން ފައިޞަލް، ޙުސައިން ސަމީރު، މުޙައްމަދު ނިއުޝާދު، އަޙްމަދު ޝާކިރު، އަޙްމަދު ދީދީ، އަދި އިބްރާހީމް ނާޒިލްއެވެ. ވޯޓު ނުދެއްވީ މީކާއީލް އަޙްމަދު ނަސީމް އާއި މައުރޫފް ޒާކިރު އެވެ.
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދު އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރ މުޙައްމަދު ސަޢީދުއަށް ރުހުން ދޭން ނުފެންނަކަމަށް އެމްޑީޕީގެ 12 މެންބަރުން ވޯޓް ދެއްވިއެވެ.
އެމްޑީޕީ މެންބަރުންގެ ވޯޓުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް އަސަރެއް ނުކުރިނަމަވެސް ގިނަ ވަޒީރުންނަށް އެމްޑީޕީގެ ގިނަ މެންބަރުން ވޯޓު ދެއްވުމުން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ.
ކެބިނެޓަށް އެމްޑީޕީ މެންބަރުންގެ ވެސް ރުހުން އެބައޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ