ނޫސްވެރިކަމުގެ މިނިވަންކަން ؛ ރާއްޖެ ފަހަތަށް!
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)"އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގަ އެވެ. "ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ވަނީ 21 ދަރަޖަ ފަހަތަށް ގޮސްފައި، ނޫސްވެރިންނަށް ރާއްޖޭގައި އޮތް ނުރައްކާ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން އިންޑެކްސްގައި ފާހަގަކުރޭ،" ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފައިވެ އެވެ. އެ އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މައިގަނޑު ދާއިރާތަކުން ވަނީ ދަށްވެފަ އެވެ.ސިޔާސީ މާހައުލު: 123 އިން 129 އަށް އިގްތިސާދީ މާހައުލު: ނޫސްވެރިކަމަށް އޮތް އިގްތިސާދީ ގޮންޖެހުންތައް ވަނީ 118 އިން 157 އަށް ގޮސްފައިގާނޫނީ ކަންކަމުގައި 23 ދަރަޖަ ވަނީ ދަށަށް ގޮސްފައި. އެއީ 103 އިން 126 އަށްސަލާމަތާއި ރައްކާތެރިކަން: ނޫސްވެރިންނަށް ރައްކާތެރިކަން އޮތް މިންގަނޑު 56 އިން 77 ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފައިވޭއެ އިންޑެކްސްގައި ރާއްޖެއަށް ހަމައެކަނި ކުރިއެރުމެއް ލިބުނީ އިޖުތިމާއީ ކުރިއެރުމުންނެވެ. އެ މިންގަނޑުގައި 133 ވަނައިން 118 ވަނަ ދަރަޖައަށް ވަނީ ކުރިއަށްޖެހިލައިފަ އެވެ. އެއީ 15 ދަރަޖައިގެ އިތުރުވުމެކެވެ.ޕްރެސް ފްރީޑަމް އިންޑެސް ތަރުތީބު ކުރަނީ އެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، މުޅި ޖުމްލަ 100 އަކުން ދޭ ސްކޯގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ މި ފަހުގެ ތާރީހެއްގައި ރާއްޖެ އެންމެ ދަށުގައި ހިމެނުނު އަހަރަކީ 2018ގަ އެވެ. މެއި 2018އަށް ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120ގަ އެވެ. މި އަހަރުގެ އިންޑެކްސްގައި މި ހިމެނުނީ އެއާ ޖެހިގެން މިދިޔަ 8 އަހަރުގެ ތެރޭގައި އެންމެ ދަށްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ