ބިންވެރިޔާ ހާއްސަ ސްކީމްގެ އުސޫލަށް ކެޓަގަރީއެއް އިތުރުކޮށްފި
ސަރުކާރުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ" ހާއްސަ ސްކީމަށް 3 ވަނަ ކެޓަގަރީއެއް އިތުރުކޮށްފި އެވެ.ހައުސިން މިނިސްޓްރީގެ އިއުލާނެއްގައި ބުނީ "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލަށް އިސްލާހެއް ގެނެސް މިއަދު ގެޒެޓުކޮށްފައިވާ ކަމަށެވެ.އެ އިސްލާހުގައިވާ ގޮތުން އެ ސްކީމަށް މިހާރު ވަނީ ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އިން ފެށިގެން 31 މޭއި 2026ވާ އާދީއްތަ ދުވަހުގެ 23:59ގެ ނިޔަލަށެވެ.ބިންވެރިޔާ ސްކީމްގެ ހާއްސަ ކެޓެގަރީތައްކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުންކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުންމި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހު 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ