ރޯދައަށް ގެތަކުން ނެރޭ ތަކެތި ހަދިޔާކުރާ ކެމްޕޭނަށް ތަރުހީބު ބޮޑު

އެއްގެއިން އަނެއްގެއަށް ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެއްގެއިން އަނެއްގެއަށް ކެމްޕޭނަށް ބުނެފިއެވެ.
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، އެއްގެއިން ބޭނުން ނުވާ، ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ކެމްޕޭން ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެޗްޑީސީން ބުނީ ހަރަކާތުގެ 2 ދެވަނަ ދުވަސް ނިމުނު އިރު ހަދިޔާގެ ގޮތުގައި 44 އައިޓަމް ލިބިފައިވާއިރު 28 އައިޓަމް އެ ބޭނުންވާ މީހުންނާއި ހަވާލުކުރި ކަމަށެވެ.
އަދި ހަރަކާތުގެ 3 ވަނަ ދުވަސް ނިމުނު އިރު ހަދިޔާގެ ގޮތުގައި 52 އައިޓަމް ލިބިފައިވާ ކަމަށާއި 36 އައިޓަމް ހަވާލުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެ ކަމަށާއި މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ