އަހަރީފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލުމުން، މިހާތަނަށް 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 20 އެޕްލިކޭޝަނަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.
އަހަރީ ފީއާއި ޖޫރިމަނާ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ އެކީ އެއް ފަހަރާ ދައްކަން ދަތިވާ މީހުންނަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޓަކައި ގަވާއިދެއް އެކުލަވާލައި އާންމުކޮށްފައިވަނީ ނިމުނު ޑިސެންބަރު މަހުގައެވެ.
އެ މިނިސްޓްރީ އިން ބުނީ މި ގަވާއިދުގެ ދަށުން ފުރުސަތު ދެވޭނީ:
- ދައްކަން ޖެހި ނުދެއްކިހުރި ފައިސާގެ އަދަދު 5000 ރުފިޔާއަށް ވުރެ އިތުރުވެފައިވުން
- އެ ފައިސާއަކީ ފައިސާދެއްކުމުގެ ސުންގަޑި ފައިސާ ކަމުގައިވުން
- މި ގަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދެއްކުމަށް ހުށަހެޅުން
- މީގެ ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެވިފައިވާ ފަރާތަކަށް ނުވުން
އަހަރީފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމަށް ހުޅުވާލާފައިވަނީ އިއްޔެ އާއި ހަމައަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ ކުރިން ފައިސާ ދެއްކުމުގެ ފުރުސަތު ދެވި ފައިސާ ދައްކައި ޚަލާސްކޮށްފައިވާ ފަރާތްތަކަށް މި ފުރުސަތަށް އަލުން ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އިންސްޓޯލްމެންޓް އުސޫލުން ޖުރިމަނާ ދެއްކުމަށް 58 މީހަކު އެޕްލިކޭޝަން ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ