ދިރާގު 'ފުވައްމުލައް ރަން 2025'އަށް
ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެކަން އިއުލާންކޮށް، ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނި ގޮތުގައި މިއީ ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ 'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' (ޑީއެމްއާރުއާރު)ގެ މުޅިން އާ އެޑިޝަނެއް ފުވައްމުލަކުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.
ދުވުން ބާއްވަނީ އަންނަ 2 މެއިގައި
ދިރާގުގެ ވެބްސައިޓުން ދުވުމުގައި ބައިވެރިވާން ރަޖިސްޓްރީ ވެވޭނެ
ރަޖިސްޓްރީ ވެވޭނީ 28 ފެބްރުއަރީ ނުވަތަ 1،500 ދުވުންތެރިންގެ ލިމިޓު ހަމަވަންދެން
ކެޓަގަރީތައް - 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން
ވަނަތައް ހޯދާ މީހުންނަށް ޖުމުލަ 232،000ރ. ދިނުމަށް ވަނީ ނިންމާފައި
ދިރާގުން ބުނީ މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ، އެ ރަށަކީ ދުވުންތެރިންނަށް
ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް، ދިވެހި ދުވުންތެރިންނަށް އިތުރު
ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށެވެ.
'ދިރާގު މޯލްޑިވްސް ރޯޑް ރޭސް'އަކީ
ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް
މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
މި ދުވުން މާލޭގެ
އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއާރުއާރު ފުޅާކުރުމަކީ، ދިރާގުން ބުނާ ގޮތުގައި ދުޅަހެޔޮ، ހީވާގި
މުޖުތަމައެއް ބިނާކުރުމަށާއި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން
ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ކުންފުނިން އިސްނަގައިގެން ކުރާ ބުރަ މަސައްކަތް
ދައްކުވައިދޭ ކަމެކެވެ.
ދިރާގުން ފުވައްމުލަކުގައި ބާއްވާ ދުވުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ