ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ހޯދައި އެ ތަން ހިންގާ މީހާ އާއި އެ ވަގުތު ހިދުމަތް ހޯދަން ގޮސް ތިބި އިތުރު ތިން މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އެ މީހުނަށް ބަންދުގެ މުއްދަތު އިއްޔެ ޖަހައިފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގުނު ގޮތުގައި ފުލުހުން ރެއިޑްކުރީ މާފަންނު ގެއަކަށެވެ. އެ ތަނުން ހަތަރު މީހަކު ހައްޔަރުކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓާއި ބޭނުންކޮށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ފެނިފައިވާކަން އެނގެ އެވެ.
ތަފްސީލް - ހައްޔަރުކުރި މީހުންގެ ތެރެއިން ކެފޭ ހިންގުމުގައި ހަރަކާތްތެރިވާ ކަމަށް ހައްޔަރުކުރީ:
މުހައްމަދު ސިޔާހް، 37، އަންނާރުމާގެ/ތ. ތިމަރަފުށި
ކުށުގެ ރެކޯޑު އަދި ބަންދު ރެކޯޑު އޮތް މީހެއް
30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކުރި
ދެން ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. އެއީ ވެސް ކުށުގެ ރެކޯޑާއި ބަންދުގެ ރެކޯޑު އޮތް ބަޔެކެވެ. އެ މީހުންނަކީ:
ޖިނާން އަނީސް، 39، ލަންސިމޫގެ، ދޫޑިގަން/ފުވައްމުލައް
މުހައްމަދު ޝައުގީ ހުސައިން، 60، ނިވައިދަށުގެ/ގއ. ކޮލަމާފުށި
މުހައްމަދު އަބްދުއްޝަކޫރު، 36، ޗަންޕާގެ/ރ. ދުވާފަރު
ޑްރަގް ކެފޭއެއް އިސްކޮށް ހިންގާ މީހަކާއި ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ