އެސްޓީއޯއާއި ވެލިގާ ގުޅިގެން ނިޕޯން ޕެއިންޓްގެ ރޯދައަށް ހާއްސަ ޕްރޮމޯޝަންއެއް

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވެލިގާ ހާޑްވެއާއާ ގުޅިގެން މި އަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ އެސްޓީއޯގެ ޑިރެކްޓާ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދު އެވެ.އެސްޓީއޯ އިން ބުނީ މި އަހަރުގެ ރޯދަ ސޭލް ވެލިގާއާ ގުޅިގެން ކުރިއަށް ގެންދަނީ އެ ހާޑްވެއާ އިން ވެސް ނިޕޯން ޕެއިންޓުގެ އުފެއްދުންތައް އަގުހެޔޮކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ކަމަށެވެ. މި ޕްރޮމޯޝަނުގައި އެ ދެ ހާޑްވެއާ އިން ވެސް ނިޕޯން ޕެއިންޓުގެ އުފެއްދުންތަކަށް ޑިސްކައުންޓު ލިބޭނެ އެވެ.އޭގެ އިތުރުން ޕްރޮމޯޝަނުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ވިއްކާ މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓުތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ. ޕްރޮމޯޝަނުގައި ނިޕޯން ޕެއިންޓުން ވިހި ޕަސެންޓުގެ ޑިސްކައުންޓު އަދި މަކިޓާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.މި ޕްރޯމަޝަންގައި ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި އަހަރުގެ ބޮޑު އިނާމެއްގެ ގޮތުގައި މި ޕްރޮމޯޝަނަށް ހުށަހަޅާފައިވަނީ ބައި ލައްކަ ރުފިޔާ އެވެ.މި ޕްރޮމޯޝަން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރަތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ ފިހާރަތަކުގައި މާޗު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.މި ސޭލް ކުރިއަށް ދާނީ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ