ސައްހަ ވިސާނެތި ކެފޭއެއްގައި މަސައްކަތްކުރި 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ސައްހަ ވިސާނެތި ކެފޭއެއްގައި މަސައްކަތްކުރި 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް ޓާސްކް ފޯސް އިން ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންދާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، މިއަދުގެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުންދާ 4 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި ޞައްޙަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ