ފިލިޕީންސްގެ އޭވިއޭޝަން އެކެޑަމީން ދިވެހީންނަށް އޮތް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ސެޝަނެއް

ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކެޑަމީން، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށާއި ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ދިވެހީންނަށް އަމާޒުކޮށްގެން ނެޓްވޯކިން އަދި މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ. މި ސެޝަނުގައި އެކެޑަމީގެ އިސް ވެރިން ބައިވެރިވެ މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، އެކެޑަމީގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ދީފައެވެ. މީގެ އިތުރުން ރޯޔަލް އޭވިއޭޝަން އެކެޑަމީގެ ކުރީގެ ދަރިވަރުންގެ ތެރެއިން މިހާރު ރާއްޖޭގެ ނަން މަޝްހޫރު އެއާލައިންތަކުގައި މަސައްކަތްކުރާ މީހުން ވެސް ވަނީ މި ހަފުލާގައި ބައިވެރިވެ، އެކެޑަމީގައި އުނގެނުމުގެ ތަޖުރިބާ ބައިވެރިންނާ ހިއްސާކޮށްފައެވެ. ރޯޔަލް އޭވިއޭޝަން އެކެޑަމީން، ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ސެޝަންގެ ތެރެއިން --- އެ އެކެޑަމީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ހެޑް އޮފް ޓްރެއިނިންް ކެޕްޓަން މަދު ޕުލިޔަންކަލަތު ވަނީ މި ހަފުލާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވައި، އެކެޑަމީން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަށް ލިބޭ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވައިފައެވެ. ރޯޔަލް އޭވިއޭޝަން އެކެޑަމީއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ)އެއް ކަމަށްވުމުން، އެ އެކެޑަމީން ދަސްވެނިވާ ދަރިވަރުންނަށް ރާއްޖޭގައި އިތުރު ތަމްރީނެއް ހެދުމަކާ ނުލައި ވަޒީފާ ފެށުމުގެ ފުރުސަތު ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ