މެންޗެސްޓާ (ފެބްރުއަރީ 3) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އެ ޓީމުގެ މެޗުތަކުން އެކަހެރިކޮށްފައި ބެހެއްޓި، އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް ލޯން ޑީލެއްގައި އެސްޓަން ވިލާ އަށް ސޮއިކޮށްފި އެވެ.
އެ ގޮތުން، ރެޝްފޯޑް، 27، މި ސީޒަނުގެ ބާކީ ބަަޔަކަށް އެސްޓަން ވިލާ އަށް ސޮއިކުރި މި ކޮންޓްރެކްޓްގައި، އެއްބަސްވުން ދާއިމީ ކުރުމުގެ މާއްދާއެއް ވަނީ ހިމަނައިފަ އެވެ. އެކަމަކު، އެއީ ޓްރާންސްފާ ފީގެ ގޮތުގައި، ކިހާ ވަރެއް ދައްކައިގެން ކަމެއް ހިމަނާފައިނުވެ އެވެ. ރެޝްފޯޑް، ވިލާގައި ހުންނައިރު، އޭނާގެ މުސާރައިގެ 70 ޕަސެންޓް ދޭނީ ވިލާއިންނެވެ. ބާކީ 30 ޕަސެންޓް ހަމަޖައްސާނީ ޔުނައިޓެޑުންނެވެ.
ރެޝްފޯޑް ވަނީ، އޭނާ އަށް މި ފުރުސަތު ހޯދައިދިނީތީވެ، މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓާއި އެސްޓަން ވިލާ އަށް ޝުކުރު އަދާކޮށްފަ އެވެ.
ޔުނައިޓެޑްގެ ކޯޗު އަމޮރިމްގެ ޕްލޭނުގައި ނުހިމެނޭތީ، ޑިސެމްބަރު މަހުން ފެށިގެން ރެޝްފޯޑަށް މެޗުތަކުން ފުރުސަތު ނުލިބެ އެވެ. އެހެންވެ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެކަމާ ގުޅޭގޮތުން، އަމާޒުވާ ސުވާލުތަކަށް އަމޮރިމް ދޭ ޖަވާބުތަކުން، ރެޝްފޯޑަށް ޔުނައިޓެޑްގައި މުސްތަގުބަލެއް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރެޝްފޯޑް ވެސް ވަނީ ދިން އިންޓަވިއުއެއްގައި، އާ ޗެލެންޖެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.
ވިލާ އަށް މި ސީޒަނުގެ ބާކީބައިގައި ބަދަލުވާން ރެޝްފޯޑް ނިންމި އެންމެ ބޮޑު ސަބަަބަކީ، ޗެމްޕިއަންސް ލީގު ކުޅުމެވެ.
ވިލާގެ ފޯވާޑް، ޖޯން ޑުރާން ވަނީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބޮޑު އަގުގައި ބަދަލުވެފަ އެވެ. ވިލާ އިން ވަނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ޑޮންޔެލް މާލެންގެ ސޮއި ހޯދުމުގެ އިތުރުން، ޕީއެސްޖީގެ މާކޯ އަސެންސިއޯ ލޯނަކަށް ގެންނަން ވެސް އެއްބަސްވެފަ އެވެ.
ޔުނައިޓެޑުން އެކަހެރިކުރި ރެޝްފޯޑް ލޯނަކަށް ވިލާ އަށް ޔުނައިޓެޑުން އެކަހެރިކުރި ރެޝްފޯޑް ލޯނަކަށް ވިލާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ