ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ކެންސާ ސޮސައިޓީން އިންތިޒާމްކޮށްގެން
ކުރިއަށް ގެންދިޔަ 'ޔުނައިޓެޑް ބައި ޔުނީކް' ހަަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން
ބައިވެރިވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު ބޭއްވި މި ހަރަކާތަކީ ކެންސަރު ބައްޔާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެވަޑައިގަތީ:
ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް
ޑރ. މުހައްމަދު އަމްރު
ކޮންސަލްޓަންޓް އީއެންޓީ ޑރ. ރާޖޭޝް ވާލަންދް
މި
ދެ ޑޮކްޓަރުންނަކީ ވެސް ކެންސަރާ ބެހޭ ޓްރީޓްމަންޓް އަދި ސާޖަރީގެ ދާއިރާއިން ފާހަގަކޮށްލެވޭ
ތަޖުރިބާކާރު ޑޮކްޓަރުންނެވެ.
މި ހަރަކާތުގައި ޑރ. ރާޖޭޝް އަދި ޑރ. އަމްރު ވަނީ ރާއްޖޭގައި އާންމުކޮށް
ފެންނަ ކެންސަރު ބަލިތަކާއި އެ ބަލިތައް ދެނެގަންނާނެ ގޮތްތަކުގެ މުހިންމު މައުލޫމާތު
ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން، ކެންސަރުގެ ފަރުވާ ހޯދަމުންދާއިރު ދިރިއުޅުން
ބައްޓަން ކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދެއްވާފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، މިފަދަ ހޭލުންތެރިކަމުގެ
ހަރަކާތްތަކަށް އެ ހޮސްޕިޓަލުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ދުނިޔޭގެ ކެންސަރު ދުވަހަކީ ކޮންމެ އަހަރެއްގެ 4 ފެބްރުއަރީ އެވެ.
ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތުގައި ޓްރީ ޓޮޕުން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ