އެމްޕީއެލް ކުރީގެ ސީއީއޯ ވަނީ އެމްޑީގެ މަގާމުން ވަކި ކުރިއިރު ވިޔަފާރި ބަނދަރުގެ މަސައްކަތް އިއްޔެ ފަށައި 2027 ގައި ނިންމަން ޕްލޭންތައް ރޭވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މާލެ ވިޔަފާރި ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް އިއްޔެ ފެށިފައިވާ ކަމަށް އެ ކުންފުނިން ވަކިކުރި ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްޕީއެލް ސީއީއޯގެ މަގާމުން ރޭ ވަކިކުރި ސީއީއޯ ވަޖީހު ފޭސް ބުކްގައި ވިދާޅުވެފައިވާ ގޮތުގައި އެމްޕީއެލްގެ ސީއީއޯ މަގާމުން އަޅުގަޑު ރޭގެ ވަގުތެއްގައި ވަކި ކުރައްވާފައި ވާއިރު، މީގެ އެއް ދުވަސް ކުރިން ވަނީ، މާލޭ ކޮމާޝަލް ހާބަރު ތިލަ ފުއްޓަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށިފަ އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި ތިލަފުށި ޕޯޓު ގެ މަސައްކަތް ކުރުމަށް ރޭވިފައިވަނީ، އެމްޕީއެލްގެ އަމިއްލަ ފައިނޭންސް އާއި، ކޮންޓުރެކްޓަރ ފައިނޭންސްގެ ދަށުންނެވެ. މިއީ ބޭރުގެ އެއްވެސް ފަރާތެއްގެ އެއްވެސް ކޮންޓުރޯލެއް އަދި ހިއްސާއެއްވެސް ނޯންނަ ގޮތަށް ދިވެހި ސަރުކާރުގެ ކޮންޓުރޯލް އަދި ހިއްސާ އޮންނާނެ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފެށިގެން ކުރިޔަށް ދަނީ، އިންޓަރގުރޭޓެޑު ލޮޖިސްޓިކު އޭރިޔާގެ މަސައްކަތެވެ. މިމަސައްކަތް ނިމުމުން، މާލޭ ޕޯޓުގައި އޮތް ކޮންޖެސްޓަށް ލުޔެއް ލިބި، އޮޕަރޭޝަން އަވަސް ވެގެން ދާނެއެވެ. މިމަސައްކަތް ކުރިޔަށް އޮތް 2 މަސް ދުވަހު ތެރޭ ނިއްމާލައި ހިދުމަތް ދެވޭނެ އެވެ. އިންޝާالله،" ވަޖީހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެއާއިއެކު ބަލްކު ކާގޯ ޓާމިނަލް އެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލުމަށް ވަނީ ރޭވިފަ އެވެ."އެޓާމިނަލުން ކޮންޓެއިނަރު ބޯޓު ފަހަރަށް ވެސް ހިދުމަތް ދެވޭނެ އެވެ. ޓާގެޓަކީ، 18 ގަޑި އިރާއި 36 ގަޑި އިރު ތެރޭ ކޮންޓެއިނަރު ބޯޓަށް ހިދުމަތް ދީ ފުރުވާލުމެވެ. އޭރުން މިހާރު ކޮލޮމްބޯ އިންނަ ކޮންޓެއިނަރުގެ ފުރައިޓަށް ނަގާ 1200 ވަރަކަށް ޑޮލަރުން، 800 އާއި 900 ޑޮލަރާއި ދެމެދުގެ އަދަދަކަށް ތިރި ވެގެން ދާނެއެވެ. އިންޝާالله މިބަދަލު ވެސް މިއަހަރު ތެރޭ ގެނެވޭ ގޮތަށް ކަންކަން ހުރީ ރޭވިފަ އެވެ،" ވަޖީހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ކޮންޓެއިނަރު ޓާމިނަލްގެ މަސައްކަތް ވެސް ނިމި މުޅި ޕޯޓު ރަސްމީކޮށް ހުޅުވަން ޕުލޭން ކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދުގެ މުޢިއްޒުގެ އިރުޝާދާއި އެއްގޮތަށް 2027 ޖުލައި 26 ގައެވެ. އިންޝާالله އެކަން އެގޮތަށް ކުރިޔަށް ގެންދެވޭ ގޮތަށް ހުރީ ކަންކަމެއް ވަނީ ރޭވިފަ އެވެ."މިބަދަލާ އެކު މާލޭ ނޯތު ޕޯޓާއި، ޓީޖެޓީ އިން ދޭ ޚިމަތްތައްވެސް ތިލަފުށީ ޕޯޓަށް ބަދަލް ކުރެވޭނެއެވެ.އަޅުގަޑުގެ ދުޢާއަކީ، ޕުލޭން ކުރެވިފައިވާ ގޮތަށް މާލޭ ކޮމާޝަލް ހާބަރު ތިލަފުށްޓަށް ބަދަލްކުރުމުގެ މަސައްކަތް، ކުރިޔަށް ގެންދިއުމުގެ ފުރުސަތު الله ސުބުޙާނަހޫ ވަތަޢާލާ ފަހި ކޮށްދެއްވުމެވެ. އެމްޕީ އެލް އަށާއި ދިވެހި ގައުމަށް ރޯޝަނީ މުސްތަގު ބަލެކެވެ،" ވަޖީހު ލިޔުއްވާފައިވެ އެވެ.އެމްޕީއެލްއަށް މުހިންމު ބަދަލުތަކެއް ގެނެސް ވިޔަފާރީގެ ގިނަ ދޮރުތަކެއް ހުޅުވައި ދެއްވި ސީއީއޯ ވަޖީހު ވަނީ އެމްޕީއެލްގެ ލޮބުވެތި ހުރިހާ މުވައްޒަފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ވަޖީހުގެ ފަހު ބަހަކަށް ވިޔަފާރި ބަނދަރުގެ މުހިންމު އަޕްޑޭޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ