ސަސްޕެންޑްކުރި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެޗްޑީސީން އުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޑިސެމްބަރު މަހުގެ ތެރޭގައި ކަނޑާލުމަށްފަހު ވަޒީފާއަލުން އިޔާދަކޮށް ސަސްޕެންޑް ކުރި 15 މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްޑީސީން މިއަދު "ދިޔަރެސް" އަށް ބުނީ ސަސްޕެންޑް ކުރި މުވައްޒަފުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ސަސްޕެންޝަން މިހާރު އުވާލާފައިވާ ކަމަށެވެ. އަދި މިވަގުތު މިކަމާއި ގުޅޭ އިތުރު ތަފްސީލު ހިއްސާކުރެވެން ނެތް ކަމަށެވެ.
އެޗްޑީސީން އޭރު ބައެއް މުވައްޒަފުން ސަސްޕެންޑްކުރީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެންނެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިދީފައެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. އަދި ވިނަރެސް ބައެއް ފްލެޓްތައް ދިން ގޮތާއި ގުޅޭ ގޮތުން ވެސް ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ