ބީއެމްއެލްގެ ރޯދަ ޕްރޮމޯޝަން ރަން ފުރުސަތު ރެޑް ވޭވްއާއެކު ފަށައިފި
ބީއެމްއެލް އިން ރެޑްވޭވްއާ އެކު، ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.ބީއެމްއެލްއިން ބުނީ "ރަން ފުރުސަތު"ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި, ބީއެމްއެލްގެ ކާޑުތަކުން ރެޑްވޭވް ފިހާރަތަކުގައި ވިޔަފާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށެވެ.މި ޕްރޮމޯޝަނުގެ ދަށުން، މި މަހު ރެޑްވޭވްއިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.މީގެ އިތުރުން އަންނަ މަހުން ފެށިގެން އޭޕްރީލް 7 ވަނަ ދުވަހުގެ ނިޔަލަށް ރެޑްވޭވުން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.އެ ބޭންކުން ބުނީ 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ